ހަރީރީ ފުރާވަޑައިގަތީ ރޭ ދަންވަރު އަމިއްލަފުޅު ޖެޓެއްގައެވެ. އެއާޕޯޓަށް ވަޑައިގަންނަވަމުން ހަރީރީ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ހުންނެވީ ސައުދިއަރަބިޔާގައި ބަންދުކޮށްފައިކަމަށް ދައްކާ ވާހަކަތައް ދޮގުކުރައްވައިފައެވެ.
To say that I am held up in Saudi Arabia and not allowed to leave the country is a lie. I am on the way to the airport Mr. Sigmar Gabriel.
— Saad Hariri (@saadhariri) November 17, 2017
ހަރީރީ އަށް ފަރަންސޭސި ވިލާތުން މަރުހަބާ ކިޔާނެ ކަމަށް ފަރަންސޭސި ބޮޑުވަޒީރު ވަނީ ބުނެފައެވެ. އަދި ހަރީރީއަށް ފަސޭހަފުޅު ވަގުތަކު ފަރަންށޭސިވިލާތަށް ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވައިފައެވެ.