ޗައިނާއިން މި މަހުގެ ފަހުކޮޅު ދެ ޕެންޑާ ޖަންގައްޔަށް ދޫކޮށްލަން ނިންމައިފިއެވެ.
އެ ޤައުމުގެ ސެންޓްރަލް ޓެލެވިޜަނުން ހާމަކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ހުޅަނގު ދެކުނުގައި އޮންނަ ޖަންގައްޔަށް ދޫކޮށްލަން ނިންމާފައިވަނީ ޢުމުރުން 4 އަހަރުން ފެށިގެން ރިސަރޗް ސެންޓަރަކުން ގެންގުޅެމުން އަންނަ ދެ ޕެންޑާއެވެ.
ސެންޓްރަލް ޓެލެވިޜަނުން ބުނީ މި ދެ ޕެންޑާ ދޫކޮށްލުމަށް ނިންމާފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި ޕެންޑާ ދޫކޮށްލަނީ އެ ތަކެތީގެ ދިރުއުޅުން އޮންނާނީ ޖަންގަލިތަކުގައި ކަމަށްވެފައި، ނަސްލު އާލާ ކުރެވޭނީވެސް އެގޮތަށް ދޫކޮށްލައިގެން ގެންގުޅުން ކަމަށްވާތީ ކަމަށެވެ.
މިއީ މިގޮތަށް ޕެންޑާ ދޫކޮށްލާ ދެވަނަ ފަހަރު ކަމަށެވެ.