މިޞުރާއި ފަލަސްޠީނުގެ ޣާޒާ ގުޅުވާލަދޭ ބޯޑަރު މިއަދު ހުޅުވާލައި އާންމުކޮށް ދަތުރުފަތުރުކުރެވޭނެ ގޮތް ހަދައިފިއެވެ. 10 އަހަރަށްފަހު ބޯޑަރު ހުޅުވާލުމުން ޣާޒާގެ ރައްޔިތުން ގެންދަނީ އުފާ ފައުޅުކުރަމުންނެވެ.
ބޯޑަރު ހުޅުވައިލީ މިޞުރާއި ހަމާސް އަދި ފަލަސްޠީނުގެ ސަރުކާރާއި ދެމެދު ކުރި މަޝްވަރާތަކަށްފަހު ޣާޒާގެ ސަރަހައްދު ބަލެހެއްޓުމުގެ ބާރުތައް ފަލަސްޠީނުގެ މައި ސަރުކާރާ ޙަވާލުކުރުމުންނެވެ.
ޣާޒާގެ ބޯޑަރު މިޞުރުން ހުޅުވާލުމުން ޣާޒާއަށް ބޭނުންވާ ތަކެތި އުފުލުމަށާއި މީހުން ގޮސް އައިސްވުމުގެ މަގުފަހިވެގެންދާނެއެވެ. އެހެންކަމުން ޣާޒާއަށް ކުރިމަތިވެފައިވާ ހައިހޫނުކަމާއި އެނޫން މައްސަލަތައްވެސް ހައްލުވެގެންދާނެއެވެ.
ބޯޑަރު ހުޅުވައިލި ނަމަވެސް ސެކިޔުރިޓީ ގޮތުން ބަލަންޖެހޭ ކަންކަން ބަަލަމުން ގެންދާނެއެވެ.