ފަތުރުވެރިއެއްގެ ގޮތުގައި ސްރީލަންކާއަށް ގޮސް އުޅުމުގައި އަތުގައި ބުއްދާގެ ޓަޓޫއެއް ޖެހި އަންހެނަކަށް 800،000 ރުޕީސް (ގާތް ގަނޑަކަށް 4002 ޔޫރޯ) ދިނުމަށް ލަންކާގެ ސްޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
ލަންކާގެ ފުލުހުން "މެންޓަލް ނަރސް" އެއްގެ ގޮތުގައި މަސައްކަތްކުރާ ނައޯމި ކޯލްމަން ހައްޔަރުކޮށް ޖަލާއި ޑިޓެންޝަން ސެންޓަރުގައި ވަނީ 4 ދުވަހު ގެންގުޅެފައެވެ. އޭނާ ބުނާގޮތުން ބަންދުގައި ހުރިއިރު އޭނާއަށް ފުލުހުން ވަނީ ޖިންސީ ގޯނާ އަމާޒުކޮށްފައެވެ.
ބަންދުގައި ގެންގުޅުމަށްފަހު ޤައުމުން އޭނާ ވަނީ ފޮނުވާލައިފައެވެ.
ބުއްދާގެ ޓަޓޫ ޖެހުން މަނާކުރާ އެއްވެސް ޤާނޫނެއް ސްރީލަންކާއަކު ނުއޮވެއެވެ. އެފަދަ ކަމަކާއި ގުޅިގެން ފަތުރުވެރިއަކު ޤައުމުން ބޭރުކުރުމަކީ އިމިގްރޭޝަނުގެ ޤާނޫނާއި ޚިލާފަށް ހިންގާފައިވާ ޖަރީމާއެއް ކަމަށް އޭނާގެ ވަކީލު ބުނެއެވެ.