ދިރާގު ރޯޑު ރޭހުގެ ބައިވެރިންނަށް ބިބް އަދި ޓީޝާޓް ދޫކުރަން ފަށައިފި
ދިރާގު ރޯޑު ރޭހުގެ ބައިވެރިންނަށް ބިބް އަދި ޓީޝާޓް ދޫކުރަން ފަށައިފިއެވެ.
ކޮންމެ އަހަރަކުވެސް ދިރާގުން ބާއްވަމުން އަންނަ "ދިރާގު ރޯޑް ރޭސް" މިއަހަރު އޮންނާނީ މި ނޮވެމްބަރ މަހުގެ 24 ވާ ހުކުރުދުވަހު ހުޅުމާލޭގައެވެ.
މިއަހަރުގެ ޝިޢާރުގެގޮތުގައިވެސް ހަމަޖައްސާފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމެވެ. އަދި މިއަހަރުގެ ދުވުމުގައިވެސް ރާއްޖޭގައި ކުޑަކުދިންގެޙައްޤުތައް ހިމާޔަތް ކުރުމުގެ މަސައްކަތްކުރާ މަދަނީ އެކި ޖަމިއްޔާތަކާއިއެންޖީއޯތައް ކަމަށްވާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފްޗިލްޑްރެން (އާރކް)، ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން،ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ޗައިލްޑް އެބިއުސްޕްރިވެންޝަން ސޮސައިޓީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލްޑިސެބިލިޓީސް (އެމްއޭޕީޑީ)، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން،މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ)އަދި ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް ބައިވެރިވާނެއެވެ.
އެހެން އަހަރިތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް އެންމެ ގިނަ ދުވުންތެރިން ޚިޔާރުކުރާ 5 ޖަމިއްޔާއަކަށް 200،000 ރުފިޔާދިރާގުން ހަދިޔާ ކުރާނެއެވެ.
2007 ވަނަ އަހަރުން ފެށިގެން ދިރާގުން ކޮންމެ އަހަރަކުވެސް ރާއްޖޭގައިބާއްވަމުން އަންނަ މި ދުވުމުގައި މިއަހަރުވެސް ހިމަނާފައިވަނީ 5 ކިލޯމީޓަރާއި 10ކިލޯމީޓަރުގެ ދުވުމެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ދުވުމެކެވެ.