މުސްލިމުންގެ އަދަދު އިތުރުވާތީ ލަންކާގެ ހާމުދުރުން އިސްވެ ތިބެ އަނެއްކާވެސް މުސްލިމުންނަށް އަނިޔާކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މުސްލިމުންގެ އަދަދު އިތުރުވާތީ ލަންކާގެ ހާމުދުރުން އިސްވެ ތިބެ އަނެއްކާވެސް މުސްލިމުންނަށް އަނިޔާކުރަން ފަށައިފި

ސްރީލަންކާގައި އިސްލާމް ދީނަށް ވަންނަ މީހުން ގިނަވެ މުސްލިމުންގެ އަދަދު އިތުރުވާތީ ބުދިސްޓުންގެ ހާމުދުރުން އިސްވެ ތިބެ މުސްލިމުންނަށް އަނިޔާކުރަން ފަށައިފިއެވެ.
މިފަހަރު ހަަމނުޖެހުންތައް ހިންގާފައިވަނީ ދެކުނުގައި އޮންނަ ގިންތޮޓަ އަަވަށުގައެވެ. ހަމަނުޖެހުންތަކުގައި 4 މީހަކަށް ވަނީ އަނިޔާވެފައެވެ. މިކަންކަމާއި ގުޅިގެން ސަރަހައްދުގައި ކަރފިޔުވެސް ހިންގަންޖެހުނެވެ.

ހާމުދުރުން ބުނަނީ މުސްލިމުންގެ ޖަމާއަތްތަކުން ގަދަކަމުން މީހުން އިސްލާމް ދީނަށް ވައްދުވަނީ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހަޤީޤަތެއް އޮތް ވާހަކަތަކެއް ނޫނެވެ. ހަމައެކަނި ދައްކާ ބަހަނާއެކެވެ.

ހަމަނުޖެހުންތަކާއި ގުޅިގެން 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެއީ ނަމެއްގައި ފުލުހުން ކުރާ ކަމެކެވެ. މިފަދަ އަނިޔާކުރުންތަކުގައި އިސްކޮށްތިބޭ ހާމުދުރުންނަށް ދެވޭ އަދަބެއް ނުފެނެއެވެ. އެއް އަތުން ޖަހާކަން ދައްކަމުން އަނެއް އަތުން ފިރުމުން ނޫން ކަމެއް ކުރާތަނެއް ނުފެނެއެވެ.
މިއަދު އޮންލައިން