އިންޑިއާގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލް ޗާޖު ކުރުމަށް ޚާއްސަ ސްޓޭޝަނެއް ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 42ސ
އިންޑިއާގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލް ޗާޖު ކުރުމަށް ޚާއްސަ ސްޓޭޝަނެއް ހުޅުވައިފި
އިންޑިއާގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލް ޗާޖު ކުރުމަށް ޚާއްސަ ސްޓޭޝަނެއް ހުޅުވައިފިއެވެ.

ނާގްޕޫރުގައި ހުޅުވި އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަން (އީވީ ސްޓޭޝަން) ހުންނަނީ ނާގްޕޫރުގައި އެންމެ ހަލަބޮލި ޕެޓްރޯލް ޝެޑް ކައިރީގައެވެ.

މިއީ އެ ޤައުމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް މަދުކޮށް ތިމާވެއްޓާއި ރަށްޓެހި އުޅަނދުފަހަރަށް މީހުން ހޭލުންތެރި ކުރުވުމަށް އިންޑިއާ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިކަމެކެވެ.

އެ ޤައުމުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކޮށް މީހުން ހޭލުންތެރި ކުރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެއްތަނުން އަނެއްތަނަށް ދިއުމަށް ބައިސްކަލް ބޭނުންކުރުމަށާއި އިންޖީނުލީ އުޅަނދު މަދުކުރުމަށް އަންނަނީ ތަފާތު އެކި ކެމްޕޭނުތައް ހިންގަމުންނެވެ.


މިއަދު އޮންލައިން