އިންޑިއާގެ ކޮލާކަޓްގެ ސްކޫލަކުން ދަރިވަރުންގެ މެންދުރު ކެއުމަށް ކާންދިން ތަކެތީގެ ތެރެއިން މަރުވެފައި އޮތް ބޮނޑެއް ފެނުމުން 87 ދަރިވަރުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކައިފިއެވެ.
އެއްވެސް ކުއްޖަކަށް ވިހައިގެ އަސަރު ކޮށްފައިނުވާ ކަމަށް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް 3 ކުއްޖަކު 24 ގަޑިއިރަށް އެޑްމިޓްކޮށް ޗެކުކުރިއެވެ.
ދަރިވަރުން ބުނީ ކާން ތައްޔާރުވަމުން ދަނިކޮށް ބޮނޑު ފެނުމުން އެއްވެސް ކުއްޖަކު ނުކާ ކަމަށެވެ. ނަމަވެސް ބައެއް ކުދިން ރަހަބެލި ކަމަށެވެ.
އިންޑިއާގެ ގިނަ ސްކޫލުތަކެއްގައި މެންދުރުގެ ކެއުން ކުދިންނަށް ފޯރުކޮށްދެނީ ސްކޫލުންނެވެ.