އެއްޖިންސުން ގުޅުން ހިންގުމަކީ ވަބާއެއް- އެކަންކުރަން ހުއްދަކުރާ ޤައުމުތައް ފަނާވެގެން ހިނގައިދާނެ: މޫރެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އެއްޖިންސުން ގުޅުން ހިންގުމަކީ ވަބާއެއް- އެކަންކުރަން ހުއްދަކުރާ ޤައުމުތައް ފަނާވެގެން ހިނގައިދާނެ: މޫރެ

އެއް ޖިންސުން ގުޅުން ހިންގުމަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ވަބާއެއް ކަމަށާއި އެކަންކުރަން ހުއްދަކުރާ ޤައުމުތައް ފަނާވެގެން ހިނގައިދާނެކަމަށް އެމެރިކާގައި އެއްޖިންސުން ގުޅުން ހިންގުން ހުއްޓުވުމަށް ހަރަކާތްތައް ހިންގަވަމުން ގެންދަވާ އެމެރިކާގެ އަލްބާމާގެ ކުރީގެ ޗީފް ޖަސްޓިސް ރޯއި އޮބާމާ ވިދާޅުވެއްޖެއެވެ.
މޫރޭގެ ކެންޕޭނަށް ބައެއް ކްރިސްޓިއަން ދީނީ ޖަމާއަތްތަކުގެ ތަރުޙީބުވެސް ދަނީ ލިބެމުންނެވެ.

"އެއްޖިންސުން ގުޅުން ހިންގުމަކީ ވާރުތަވަމުން އަންނަ ޝައިޠާނީ ޢަމަލެއް" ކަމަށާއި އެކަމަށް ކުޑަކުދިންނާއި މީސްތަކުން ހޭލުންތރިކުރުވަންޖެހޭކަން ހާމަކުރައްވައި މޫރޭ ވަނީ 2002 ވަަނަ އަަހަރު އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ކެންޕޭނުތަކެއް ފަށްޓަވައިފައެވެ.

މޫރޭ ވަކާލާތު ކުރައްވަނީ އެއްޖިންސުން ގުޅުން ހިންގަން ހއުްދަ ދިނުމަކީ އެއްވެސް ސަރުކާރަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެ ބާރު އެއްވެސް ސަރުކާރަކަށް ލިބިގެން ނުވާނެ ކަމަށެވެ.
މޫރޭގެ މި ކެންޕޭނުތަކާއި އެއްޖިންސުން ގުޅުންހިންގާ މީހުންގެ ތަފާތު ހަމަލާތައް މޫރޭއަށް ދަނީ ލިބިވަޑައިގަންނަވަމުންނެވެ.
މިއަދު އޮންލައިން