ސެރީނާ ވިލިއަމްސްގެ ކައިވެނީގެ ހެދުމުގެ އަގު 2.6 މިލިއަން ޕައުންޑަށް އަރާ

ކިޔުމަށް ހޭދަވާނީ 1މ 22ސ
ސެރީނާ ވިލިއަމްސްގެ ކައިވެނީގެ ހެދުމުގެ އަގު 2.6 މިލިއަން ޕައުންޑަށް އަރާ
ވިމްބްލިޑަން ޓެނިސް ޗެމްޕިއަން ސެރީނާ ވިލިއަމްސް އާއި ރެއްޑިޓް ގެ ކޯ-ފައުންޑަރ އެލެކްސިސް އޯހޭނިއަން، މިމަހުގެ 16 ވަނަ ދުވަހު "ބިއުޓީ އެންޑް ދަ ބީސްޓް" ތީމަކަށް ނިއު އޯލިއަންސް ގެ ލޫސިއާނާ ގައި ކައިވެނި ކޮށްފިއެވެ.

ކައިވެނީގެ ވަގުތު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި ވަނީ ސެރީނާގެ ކައިވެނީގެ ހެދުމަށެވެ. އެހެދުމަކީ އަދި މިހާތަނަށް މީހަކުލީ އެންމެ އަގު ބޮޑު 'އެލެކްޒެންޑަރ މިކްކުއީން' ޕްރިންސަސް ހެދުމެވެ.
ސެރީނާގެ ކައިވެނީގެ ހެދުމުގެ އަގަކީ 2.6 މިލިއަން ޕައުންޑެވެ.

ސެރީނާ ވިލިއަމްސް އާއި އެލެކްސިސް ފުރަތަމަ ބައްދަލުވެފައިވަނީ ރޯމް ގައެވެ. އިޓެލިއަން އޯޕެން ޓެނިސް މެޗެއް ކުޅުމަށް ސެރީނާ އެތަނަށް ގޮސްފައިވާއިރު އެލެކްސިސް ދިޔައީ ކޮންފެރެންސް އަކަށެވެ. ސެރީނާއަކީ ކާކުކަން އެންމެ ފުރަތަމަ އެލެކްސިސް އަކަސް ނޭނގެއެވެ. ނަމަވެސް ދެމީހުން ބައްދަލުވެ ދުވަސްތަކެއްވުމަށްފަހު، އެކަކު އަނެކަކަށް އެނގި ގުޅުން ބަދަހިވިއެވެ.

އެދެމަފިރިން ކައިވެނި ކޮށްފައިވަނީ، ސެރީނާއާއި އެލެކްސިސް ގެ ފުރަތަމަ ދަރިފުޅު އުފަންވިތާ 11 ހަފްތާ ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސެރީނާ އާއި އެލެކްސިސް ނޮވެމްބަރ 16 ވަނަ ދުވަހު ކައިވެނި ކުރީ، އެލެކްސިސް ގެ (މަރުވެފައިވާ) މަންމަ ގެ ހަނދާނުގައެވެ. އެދުވަހަކީ އެލެކްސިސްގެ މަންމަ ގެ އުފަން ދުވަސް ކަމުގައި ވާތީ އެވެ.

ސެރީނާ އާއި އެލެކްސިސް ގެ ކައިވެނީގެ ޚަފްލާއަށް 200 އެެއްހާ މީހުން ދިޔައެވެ. އޭގެ ތެރޭގައި ބިއޯންސޭ، އީވާ ލޮންގޯރިއާ، ކެރޮލައިން ވޮޒްނިއަކި އަދި ވޯގް އެޑިޓަރ އޭނާ ވިންޓޯރް ފަދަ މަޝްހޫރު މީހުންވެސް ހިމެނެއެވެ.

މިއަދު އޮންލައިން