ލުއިކާނާއާ ހަކުރު ގިނަ ބުއިންތައް ބޭނުންކުރަމުން ހަކުރުބަލީގެ ވާހަކަ ދެއްކޭކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ލުއިކާނާއާ ހަކުރު ގިނަ ބުއިންތައް ބޭނުންކުރަމުން ހަކުރުބަލީގެ ވާހަކަ ދެއްކޭކަށް ނެތް!
ހަކުރު ބަލި ކުރިން ޖެހެމުން އައީ ޢާންމުކޮށް އުމުރުން ދޮށީ މީހުންނަށް ނަމަވެސް ހަކުރު ބަލި ޖެހޭ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެން ވަނީ ފަށައިފައެވެ.

ސަބަބު ހޯދަން ކުރާ ދިރާސާތަކުން ނުކުންނަ ނަތީޖާ ވަރަށް ސާފެވެ. މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ލުއި ކާނާ އާއި ހަކުރު ގިނައިން ހުންނަ ކާބޯތަކެތި ބޭނުންކުރުމާއި ކަސްރަތު ނުކުރުމެވެ.

ސައުދިއަރަބިޔާގެ ކިންގ އަބްދުލްޢަޒީޒް ޔުނިވަރސިޓީގެ ކުޑަކުދިންގެ ޑިޕާޓްމަންޓުން މިހާރު ވަނީ ވަރަށް ފުރިހަަމަ ދިރާސާއެއް ކޮށްފައެވެ. ރިޕޯޓް ޢާންމުކުރަން އަދި ކުޑަ ދުވަސްކޮޅެއް ނަގާނެއެވެ.

ރިޕޯޓް ހާމަކުރުމުގެ ކުރިންވެސް ޕްރޮފެސަރ ޢަބްދުލް މުއުމިން ވިދާޅުވީ ސައުދިއަރަބިޔާގައި ހަކުރު ބަލި އާންމުވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ކެއިންބުއިމުގެ ވައްޓަފާޅިއަށް އައި ބަދަލުތައް ކަމަށެވެ. ބޭކާރު މާއްދާތައް ގިނަ ކެއުންތައް ކެއުމާއި ހަކުރު ގިނަ ބުއިންތައް ބޭނުންކުރުން ގިނަވުން ކަމަށެވެ.

މިދިރާސާގައިވާ ގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި ގުޅިގެން ފާސްޓް ފުޑްތަކުން ކެއުން ގަތުން އިތުރުވުމަކީ ވެސް ހަކުރު ބައްޔަށް މަގުފަހިވާ އެއް ސަބަބެވެ.

ރާއްޖެއަށް ބެލި ނަމަވެސް ޙާލަތު ތަފާތެއް ނޫންކަން ޑޮކްޓަރުން ގެންދަނީ ހާމަކުރަމުންނެވެ.
މިއަދު އޮންލައިން