މަހަރަސްތުރާގެ ފެނާ ބެހޭ ވަޒީރު ޢާންމުތަނެއްގަ ކުޑަކަމުދިއަ ވީޑިއޯއަކުން ސަރުކާރަށް ބާރުބޮޑުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މަހަރަސްތުރާގެ ފެނާ ބެހޭ ވަޒީރު ޢާންމުތަނެއްގަ ކުޑަކަމުދިއަ ވީޑިއޯއަކުން ސަރުކާރަށް ބާރުބޮޑުވެއްޖެ
އިންޑިއާގެ މަހަރަސްތުރާގެ ފެނާއިބެހޭ ވަޒީރު ރާމް ޝިންދަރު އާންމުތަނެއްގައި ކުޑަކަމުދާ ވީޑިއޯއެއް ޢާންމުކުރުމާއި ގުޅިގެން ސަރުކާރަށް ބާރުބޮޑުވެއްޖެއެވެ.

ޑަބްލިޔޫއެޗްއޯ އިން ފާހަގަކުރާ ދުނިޔޭގެ "ޓޮއިލެޓް ޑޭ" އާއި ގުޅުވައިގެން ބައަކު މި ވީޑިއޯ އާންމުކުރީ އިންޑިއާގައި ޢާންމުންނަށް ފާޚާނާ ކުރުމުގައި ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.

މިކަމާއި ގުޅިގެން ވަޒީރު ބުނެފައިވަނީ އެކަން މެދުވެރިވީ އޭނާ ވަރަށް ބޮޑަށް ބަލިވެ އުޅުނު ދުވަހަކު ދިގުދަތުރެއް ކުރަން ޖެހުމުން ކަމަށެވެ. ފާޚާނާއެއް ނުފެނިގެން ކެތް ނުކުރެވިގެން ކަމަށެވެ.

ފާޚާނާކުރަންޖެހުމަކީ ހަމައެކަނި މިނިސްޓަރުންނަށް ކުރިމަތިވާ ކަމެއް ނޫނެވެ. އެންމެންނަށްވެސް ކުރިމަތިވާ ޢާންމު ކަމެކެވެ. ހައްލަކީ އެންމެންނަށްވެސް ފާޚާނާ ކުރެވޭނެ އިންތިޒާމު ހަމަޖެހުމެވެ.
މިއަދު އޮންލައިން