ޗިލީގެ ރިޔާސީ އިންތިޚާބު - ކުރީގެ ރައީސް ޕިނެރާއާއި ވާދަވެރި ގައިލިއާ ދެވަނަ ބުރަށް

ކިޔުމަށް ހޭދަވާނީ 1މ 2ސ
ޗިލީގެ ރިޔާސީ އިންތިޚާބު - ކުރީގެ ރައީސް ޕިނެރާއާއި ވާދަވެރި ގައިލިއާ ދެވަނަ ބުރަށް
މި މަހުގެ 19ވަނަ ދުވަހު ބޭއްވި ޗިލީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާތައް އިއްޔެގެ ވަގުތެއްގައި ވަނީ ހާމަކުރަން ފަށައިފައެވެ.

ނަތީޖާތައް ދައްކާގޮތުން، ޗިލީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ކުރި ހޯދެއްވީ 2010ވަނަ އަހަރުން 2014ވަނަ އަހަރަށް އެ ޤައުމުގައި ވެރިކަން ކުރެއްވި ސެބާސްޓިއަން ޕިނެރާއެވެ. ކުރީގެ ރައީސް ޕިނެރާއަށް ލިބިފައިވަނީ ވޯޓުލީ މީހުންގެ %36.6 އެވެ.

ޕިނެރާއާ އެންމެ ގާތުން ވާދަކުރީ ކުރީގެ ނޫސްވެރިޔެއް ކަމަށްވާ އަލެޖާންޑްރޯ ގައިލިއާއެވެ. ގައިލިއާއަށް ވަނީ ވޯޓުލީ މީހުންގެ %22.7 ލިބިފައެވެ.

މި ދެ ބޭފުޅުން އެންމެ ގާތުން ވާދަކުރި ބެޓުރިޒު ސަންޗޭޒަށް ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި ގައިލިއާއަށް ވުރެ މަދުވީ %2.4 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %20.3 އެވެ.

އެއްވެސް ކެންޑިޑޭޓަކަށް ވޯޓުލީ މީހުންގެ %50 އަށްވުރެ ގިނަ ވޯޓު ލިބިފައިވާނުވާތީ، ޗިލީގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެންމެ ގިނައިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރުގެ ވޯޓުލުމަކަށް ދާންޖެހެއެވެ.

އެހެންވެ، ފުރަތަމަ ބުރު ކުރި ހޯދެއްވި ޕިނެރާއާއި ގައިލިއާ ދެމެދު ބޭއްވޭ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާގޮތަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 17ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން