ބްރެޒިލްގެ ފުލުހަކު ޑިޔުޓީ ނޫން ގަޑިއެއްގައި އަނބިމާހާ އާއި އަހަރު ނުވާ ތުއްތު ދަރިފުޅު ގޮވައިގެން ފާމަސީއަކަށް ދިއައީ ބޭހެއް ގަންނަން ވެގެންނެވެ.
ފާމަސީގައި ހުއްޓާ އޭނާއަށް ފެނުނީ 2 ވަގުން ހަތިޔާރާއެކު އެތަނަށް ވަންތަނެވެ.
އޮފިސަރު ބަލާކަށް ނުހުރެއެވެ. އެންމެ ކައިރިން ފެންނަންހުރި ހަރުގަނޑުން ރައްކާތެރިކަން ހޯދުމަށްފަހު އަތުގައި އޮތް ފިސްތޯލައިން ހަމަލާދޭން ފެށިއެވެ. ދެ ވަގުން މަރައިލީ ދަރިފުޅުވެސް އުރައިގެން ހުރެއެވެ.
ހާދިސާގެ ސީސީޓީވީ ފުޓޭޖް ހާމަވުމުން ގިނަ ބައަކު ދަނީ ފުލުސް އޮފިސަރަށް ތައުރީފްކުރަމުންނެވެ.