ބޮސްނިއާ ހަނގުރާމައިގާ އެތައް ހާސް މުސްލިމުން މެރުމުގައި އިސްކޮށްހުރި އަމީ ކޮމާންޑަރަށް އދ ގެ ކޯޓުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
"ބުޗަރ އޮފް ބޮސްނިއާ"ގެ ނަމުން މަޝްހޫރުވެފައިވާ ރަޓްކޯ މިއަޑެކްއަށް އިއްވި ޙުކުމާއިމެދު ގިނަ ބައަކު ކަންބޮޑުވެއެވެ. އެއީ އެތައް ހާސް މީހުން މެރުމުގައި އިސްކޮށް ހުރި ކޮމާންޑަރަށް އެންމެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.
1992 އިން 1995 އަށް ކުރިއަށް ގެންދިއަ ބޮސްނިއާ ހަނގުރާމައަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އެންމެ ގިނަ ބައަކު މަރާފައިވާ ހަނގުރާމައެވެ.