އިންޑިއާގެ ޕަންޖާބް ސްޓޭޓްގައި ހުރި ޕްލާސްޓިކް އުފައްދާ ފެކްޓްރީއެއްގައި އަލިފާން ރޯވެ 10 މީހުން މަރުވެ 15 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ހޯމަ ދުވަހު ހިނގި މި ހާދިސާގައި ފެކްޓްރީ ހިންގާ 3 ބުރި އިމާރާތް ވަނީ އެކުގައި ވެއްޓިފައެވެ.
ފުލުހުން ގެންދަނީ އިމާރާތުގެ ގައުތައް ނަގައި އެއްވެސް އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ބަލަމުންނެވެ.