ސައުދިއަރަބިޔާގެ ޖިއްދާ އަށާއި އެނޫން ސަރަހައްދުތަކަށް މިހާރު ކުރިމަތިވެގެން އުޅޭ ފެންބޮޑުވުމުގެ މައްސަލައަކީ މިހާރު ބަލަމުން ގެންދާ ކޮރަޕްޝަނުގެ މައްސަލަތައް ބަލަންޖެހޭ ސަބަބެއްގެ ގޮތުގައި ސައުދީގެ ބައެއް ނޫސްތަކުން ފާހަގަކޮށްފިއެވެ.
"ވާރޭ ކޮޅެއް ވެހިލާއިރަށް މިހައިވަރަށް ފެންބޮޑުވާންޖެހޭ ހެއްޔެވެ؟ މަގުތައް ރަނގަޅު ފެންވަރަށް ހަދައި ފެން ދައުރުކުރާނެ ގޮތަށް ސަރުކާރުން ޚަރަދު ނުކުރަނީ ހެއްޔެވެ؟ ވެރިންގެ ޒިންމާ ކޮބައި ހެއްޔެވެ؟ މަސައްކަތްކުރި ކުންފުނިތަކުގެ ޒިންމާ ކޮބައިހެއްޔެވެ؟ އެކަންކަމަށް ދައުލަތުން ކުރާ ބޮޑެތި ހޭދަތަކުގެ ނަތީޖާ ކޮބައިހެއްޔެވެ؟" މިފަދަ ގިނަ ސުވާލުތަކެއް ނޫސްތަކުން ގެންދަނީ އުފައްދަމުންނެވެ.
ސައުދިއަަރަބިޔާއަކީ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އެ މަޝްރޫއަކަށް ބޭނުންވާ ވަރަށް ޚަރަދުކުރަމުން ގެންދާ ޤައުމަކަށްވާއިރު ދަށް ފެންވަރުގައި މަސައްކަތްކުރަން ނުޖެހޭނެކަން ވެސް ނޫސްތަކުން ފާހަގަކުރެއެވެ.