ހަރީރީ އިސްތިއުފާ ދެއްވުން އިހަށް މަޑުޖައްސަވާލައްވައި މަޤާމުގައި މަޑުކުރައްވަން ނިންމަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ހަރީރީ އިސްތިއުފާ ދެއްވުން އިހަށް މަޑުޖައްސަވާލައްވައި މަޤާމުގައި މަޑުކުރައްވަން ނިންމަވައިފި
ލެބަނަންގެ ބޮޑުވަޒީރުކަމުން މިމަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވިކަަން އިއުލާނުކުރައްވާފައިވާ ހަރީރީ އިސްތިއުފާ ދެއްވުން އިހަށް މަޑުޖައްސަވާލައްވައި މަޤާމުގައި މަޑުކުރައްވަން ނިންމަވައިފިއެވެ.

ހަރީރީ އެގޮތަށް ނިންމެވީ ރައީސް މަައިކަލް އައުން އާއިއެކު ލެބަނަނުން ބޭރުގައި މަޝްވަރކުރެއްވުމަށްފަހުއެވެ. ހަރީރީ ވިދާޅުވީ އިސްތިއުފާ ދެއްވާނަމަ އެކަން ކުރައްވާނީ ޖަމާއަތްތަކާއިއެކު މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.

ހަރީރީ ވިދާޅުވީ ލެބަނަން ދެމިއޮންނަން ޖެހޭނީ އެހެން ޤައުމުތަކަށްވެސް ރައްކައުތެރި ޤައުމެއްގެ ގޮތުގައި ކަމަށާއި ހިޒްބުﷲގެ ސަބަބުން ސައުދިއަރަބިޔާއަށް ކުރިމަތިވެފައިވާ ބިރުން ސަރަހައްދު ސަލާމަތްކުރަންޖެހޭނެ ކަމަށެވެ.

ހަރީރީ އިސްތިއުފާ ދެއްވި ތަޤްރީރުގައި ވަނީ އީރާނާި ހިޒްބުﷲއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އީރާނަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ހަރީރީ ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދު އޮންލައިން