"ބައެއް މީހުން ރަޖަބްމަހަކީ ޚާއްޞަ މަހެއް ކަމުގައި ބަލާ މުޅި މައްސަރުގައި ރޯދަހިފައި އުޅެއެވެ. ނަމަވެސް، ރަޖަބްމަހުގެ މާތްކަމާއި ގުޅޭގޮތުން އެއްވެސް ދަލީލެއް ސުންނަތުގައި އައިސްފައިނުވެއެވެ. އެއީ އެހެންވެސް އާދައިގެ މައްސަރެކޭ އެއްފަދަ މައްސަރެކެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރަޖަބު މަހަކީ ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވަވާފައިވާ ހަތަރު މަހުގެ ތެރެއިން ހިމެނިގެންވާ އެއް މަހެވެ.
ރަސޫލާ (ﷺ) އިސްރާއާއި މިއުރާޖްގެ ދަތުރުފުޅު ކުރެއްވެވީ ރަޖަބު މަހުގައެވެ.
މިއީ މުޅި އިސްލާމީ ތާރީޚުގައިވެސް ހިނގައި ދިއަ އެންމެ މުހިންމު އެއް ކަންތަކެވެ. ރަސޫލާ (ﷺ) އިސްރާއާއި މިއުރާޖް އަށް ދަތުރުފުޅު ކުރެއްވެވީ ރަޖަބު މަހުގެ 27 ވިލޭރެއެވެ. އެރެއަކީ ރަސޫލާ (ﷺ) ހަތްއުޑަށް ދަތުރުފުޅު ކުރެއްވެވި ރެއެވެ.
- ނަމާދު ފަރުޟު ކުރެއްވެވީ ރަޖަބު މަހު
ކޮންމެ ދުވަހަކު މާތް ﷲ ގެ ޙަޟްރަތައް ފަސް ވަގުތު ނަމާދު ކުރެއްވުމަށް މީސްތަކުންނަށް ގޮވާލެއްވުމަށް، ރަސޫލާ (ﷺ) ގެ މައްޗަށް އެކަލާނގެ އަމުރު ކުރެއްވެވިއެވެ. މިއަމުރުފުޅު ކުރެއްވެވީ އެކަލޭގެފާނުގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައި، ރަޖަބު މަހުގެ 27 ވިލޭރޭގައެވެ.
އެހެންކަމާއިއެކުގައިވެސް ރަޖަބްމަހުގެ ދުވަސްތަކުގައި ވަކި ޚާއްޞަ އަޅުކަމެއް ކުރަންއޮތްކަން ސުންނަތުން ފެންނަން ނެތުމުން އަޅުކަންކުރުމުގައި ރަޖަބްމަހަކީ ހަމަ އެހެން މަސްތައް ފަދަ މަހެކެވެ. އެހެން މަސްތަކުގައި ފަދައިން ވީހައި ގިނައިން އަޅުކަންކުރަންވީއެވެ.
ބައެއް މީހުން ރަޖަބްމަހަކީ ޚާއްޞަ މަހެއް ކަމުގައި ބަލާ މުޅި މައްސަރުގައި ރޯދަހިފާއުޅޭ. ނަމަވެސް، ރަޖަބްމަހުގެ މާތްކަމާއި ގުޅޭގޮތުން އެއްވެސް ދަލީލެއް ސުންނަތުގައި އައިސްފައިނުވޭ. އެއީ އެހެންވެސް އާދައިގެ މައްސަރެކޭ އެއްފަދަ މައްސަރެއް. https://t.co/jcozbdFaPs
— Dr.Mohamed Iyaz (@dr_iyaz) January 24, 2023