އދގެ ސެކިޔުރިޓީ ކައުންސިލަށް ޒަމާނީ ބަދަލުތައް ގެނެސް އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާހްކުރަން އެމެރިކާ އިން ވެސް ބޭނުންވާ ކަމަށާއި ނަމަވެސް ވީޓޯ ކުރުމުގެ ބާރު އުވާލައި އެބާރު ދޫކޮށްލަން ބޭނުން ނުވާކަމަށް އެމެރިކާއިން ބުނެފިއެވެ.
21 ވަނަ ޤަރުނުގައި އިޞްލާޙްކުރަންޖެހޭނެ ކަންތައްތައް ހުންނާނެކަމަށް ވެސް އެމެރިކާއިން އެއްބަސްވެއެވެ.
21 ވަނަ ޤަރުނުގައި އެންމެ މުހިންމީ ޑިމޮކްރަސީގެ ތެރެއިން ކަންކަން ކުރުމެވެ. ޑިމޮކްރަސީއަކީ އަޣްލަބިއްޔަތަށް ތަބައަވުމެވެ. އެމެރިކާއިން އަޣްލަބިއްޔަތަށް ތަބައަވާކަށް ބޭނުމެއް ނުވެއެވެ.
ވީޓޯ ކުރުމުގެ ބާރު މިވަރަށް ބޭނުންވެގެން އެމެރިކާއިން މިއުޅޭ އެންމެ ބޮޑު ސަބަބަކީ އިޒްރޭލު ހިމާޔަތްކުރުމެވެ. އިޒްރޭލާއި އެމެރިކާއިން ހިންގާ ޖަރީމާތަކުގެ މައްސަލަތައް ބެލުމުގެ ފުރުޞަތު ނުދިނުމެވެ. އެމެރިކާ ބޭނުން ނުވާ ކަމެއް ދުނިޔޭގައި ވުމުގެ ފުރުޞަތު ނުދިނުމެވެ.