މިއީ ޕްރިމިއަރ އެއް ނޫން، ކިހިނެއް ވެގެންތަ ތިއުޅެނީ؟ - އައިޝްވާރްޔާ

ކިޔުމަށް ހޭދަވާނީ 1މ 48ސ
މިއީ ޕްރިމިއަރ އެއް ނޫން، ކިހިނެއް ވެގެންތަ ތިއުޅެނީ؟ - އައިޝްވާރްޔާ
ޕަޕަރާޒީންނަކީ މަޝްހޫރު މީހެއް ކޮންމެ ތަނަކަށް ދިޔަ ކަމުގައި ވިޔަސް އެއްވެސް ޖެހިލުމެއްނެތި، ހަމައެއް ލަމައެއް ނެތި، އެމީހުންގެ ކެމެރާތަކާއިއެކު އެތަނަކަށް ގޮސް ފޮޓޯ ނަގާ ވީޑިއޯ ކުރާ ބައެކެވެ. އެއީ ޗެރިޓީ އިވެންޓެއް ކަމުގައި ވިޔަސް ނުވަތަ މީހެއްގެ ޖަނާޒާއެއް ކަމުގައި ވިޔަސް، މަޝްހޫރު މީހެއް އެތަނެއްގައި ހުރެއްޖެނަމަ، ޕަޕަރާޒީން އެތަނަކަށް ދެއެވެ. މިއީ ބައެއް ތަރިން އިންތިހާއަށް ރުޅިވެސް އަންނަ ކަމެކެވެ.

ދާދި ފަހުން އިންޑިއާގެ "ރީތީގެ ރާނީ" އައިޝްވާރްޔާ ރާއީ ބަޗަން ވެސް ވަނީ، ޕަޕަރާޒީންގެ މިފަަދަ އަމަލުތަކަކާއި ހެދި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ގޮސް ފެންކަޅި ވެސް ވެފައެވެ.

ދަރިފުޅު އާރަދްޔާ އާއި އެކު އައިޝްވާރްޔާ ދިޔައީ އެންޖީއޯ އެއް ކަމަށްވާ "ސްމައިލް ފައުންޑޭޝަން" އިން އައިޝްވާރްޔާގެ މަރްހޫމް ބައްޕަ ކްރިޝްނާރާޖް ރާއީ ގެ އުފަން ދުވަހު ބޭއްވި "ޑޭ އޮފް ސްމައިލްސް" ކިޔާ ޚާއްސަ ޗެރިޓީ ޚަފްލާ އަކަށެވެ. އެޚަފްލާގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވިއެވެ. ނަމަވެސް އައިޝްވާރްޔާ އެތަނުގައި ހުރުމުގެ ސަބަބުން ޕަޕަރާޒީންވަނީ އެތަން ވަށާލާ، ފޮޓޯތައް ނަގަމުން ބޮޑު ހަމަނުޖެހުންގަނޑެއް ހިންގާފައެވެ. އެކަމުގެ ސަބަބުން ބައެއް ކުޑަކުދިން ރޯންވެސް ފެށުމުން، އައިޝްވާރްޔާ ވަނީ ކެތްތެރިކަން ކޮޅުންލާ، ޕަޕަރާޒީންނާއި ދިމާލަށް އެއްޗެއް ބުނެފައެވެ.

"އަހަރެން ސީރިއަސްކޮށް މިބުނަނީ ތިކަން ހުއްޓާލާ. ކަލޭމެން ނުޖެހޭ އަހަރެންގެ މިފޮޓޯތައް ނަގާކަށް. ކަލޭމެން ކައިރީ މިއެދެނީ މަޑުމައިތިރި ވެގެން ތިބުމަށް. މިފޮޓޯތަކާއި ވީޑިއޯތައް ކޮންމެހެން ކަލޭމެން ހޯދާކަށް ވެސް ނުޖެހޭ. އަހަރުމެން ކަލޭމެން ކައިރިން އެދެނީ ސުލްޙަވެރި މަޑުމައިތިރި ވެގެން ތިބުމަށް. މިކަހަލަ ތަންތަނުގައި ކަންތައްވާ ގޮތް އަހަރުމެންނަށް އިނގޭ. އެކަމަކު އެކުދިންނަކަށް ނޭނގޭނެ. ޕްލީސް. އިޚުތިރާމް ކޮށްބަލަ. އެއީ ކުޑަކުދިން. އެކުދިންނަކަށް އަހަރުމެންގެ ދުނިޔެއެއް (ސްޓާރުން އުޅެންޖެހޭ ހާލެއް) ނޭނގޭނެ. މިއީ ޕްރިމިއަރ އެއް ނޫން. އަދި ޕަބްލިކް އިވެންޓެއް ވެސް ނޫން. ކިހިނެއް ވެގެންތަ ތިއުޅެނީ؟" އައިޝްވާރްޔާ ބުނެފައިވެއެވެ.

މިއަދު އޮންލައިން