ޖިއްދާއަށް މިއަދު ވެހުނު ވާރޭގައި އޮޔާ ދިއަ ކާރެއްގައި ތާށިވެފައި ހުރި މީހަކު ސަލާމަތް ކުރުމުން އެކަންކުރި ފިލިޕިންސްގެ މީހަކު ބަޠޮލަކަށް ވެއްޖެއެވެ.
ވީޑިއޯ އިން ފެންނަ ގޮތުން ކާރު އޮތީ އިސްކޮޅު ޖެހޭ ހިސާބުގައެވެ. ވަށައިގެން ތިބި ސިވިލް ޑިފެންސްގެ މީހުންނަށް ކުރެވުނު ކަމަކީ ހަމައެކަނި ލައިފް ޖެކެޓެއް އެއްލުމެވެ.
ލައިފް ޖެކެޓް ގޮސް ޖެހުނީ ޑިކީ މަތީގައެވެ. ޑްރައިވަރު ސީޓާ ދިމާއިން އުނަގަނޑުން މަތި ބޭރަށް ނެރެގެން ހުރި އުމުރުން ދުވަސްވީ މީހާ ބިރުން ކާރުން ނުކުމެ ލައިފް ޖެކެޓް ނަގާކަށް ނުކެރުނެވެ.
އެތަން ބަލަންހުރި ފިލިޕިންސް މީހަކު ފެންގަނޑު ތެރެއަށް އެރިގެން ގޮސް އޭނާ ލައިފްޖެކެޓް އެޅުވުމަށްފަހު ކާރުން ބޭރަށް ނެރެގެން ގެނެސް ސިވިލް ޑިފެންސްގެ މީހުންނާއި ހަވާލުކުރެއެވެ.
މަންޒަރު ދައްކައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާންމުކުރުމުން ގިނަ ބައަކު ވަނީ އެމީހާ ސަލާމަތްކުރި މީހާއަކީ ބަޠޮލަކަށް ހަދައިފައެވެ.
އެއްގަމު މަގުމަތީގައި ހިނގައިދިއަ މިހާދިސާގައި ސިވިލް ޑިފެންސްގެ މީހުންނަށް އެއްވެސް ކަމެއް ނުކުރެވުމުން ގިނަ ބައަކު ދަނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ގުޅުންހުރި ވީޑިއޯ: