220 ކިލޯ މީޓަރުގައި ދުއްވަނިކޮށް އެކްސިޑެންޓްވުން- 60 ބުރީގެ އިމާރާތަކުން ވެއްޓުމާ އެއްވަރު!
ޝާރުޖާގެ ފުލުހުން ބުނީ ސައިންޓިފިކް ހޯދުންތަކުން އެނގޭ ގޮތުގައި 220 ކިލޯ މީޓަރުގައި ދުއްވަނިކޮށް ކުރިމަތިވާ އެކްސިޑެންޓްތަކުން ލިބޭ ގެއްލުމާއި 60 ބުރީގެ އިމާރާތަކުން ވެއްޓި ލިބޭ ގެއްލުމާއި އެއްވަރެވެ. 200 ކިލޯމީޓަރު ބާރު މިނުގައި ދުއްވަނިކޮށް ކުރިމަތިވާ އެކްސިޑެންޓުތަކުން ލިބޭ ގެއްލުން 50 ބުރީގެ އިމާރާތަކުން ވެއްޓި ލިބޭ ގެއްލުމާއި އެއްވަރެވެ. 140 ކިލޯމީޓަރު ބާރު މިނުގައި ދުއްވަނިކޮށް ކުރިމަތިވާ އެކްސިޑެންޓުތަކުން ލިބޭ ގެއްލުން 40 ބުރީގެ އިމާރާތަކުން ވެއްޓި ލިބޭ ގެއްލުމާއި އެއްވަރެވެ."
ޝާރުޖާގެ މަގުތަކުގައި ގަޑިއަކު 278 ކިލޯމީޓަރު ބާރުމިނުގައި ދުއްވި ސައިކަލެއް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުންގެ ރާޑަރުތަކަށް މި ސައިކަލު ފާހަގަކުރެވުމުން އަތުލައިގަތުމަށް ކުރި މަސައްކަތްތަކުގައި ސައިކަލު ހުއްޓުވީ މައި މަގަކުން 120 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވަނިކޮށެވެ.
ރޮކެޓް ސްޕީޑުގައި ސައިކަލް ދުއްވުމުން މެދުވެރިވާ އެކްސިޑެންޓްތަކުގައި ގިނަ ބައަކަށް ދަނީ ބޮޑެތި އަނިޔާތައް ލިބިގެންނެވެ. އެހެންކަމުން 80 ކިލޯ މީޓަރަށްވުރެ ބާރު މިނުގައި ސައިކަލް ދުއްވާނަމަ ބޮޑެތި އަދަބުތަކެއް ދނީ ދެމުންނެވެ.
އެގޮތުން 3000 ދިރުހަމުން ޖުރުމަނާކުރުމާއި 60 ވަންދެން ދުއްވި އުޅަނދު ހިފެހެއްޓުމާއި 23 ބްލެކްޕޮއިންޓް ދިނުން ހިމެނެއެވެ.
ރާއްޖޭގައި ބައެއް މީހުން ސައިކަލް ދުއްވާ ސްޕީޑަށް ބަަލއިފިނަމަ 140 ކިލޯ މީޓަރާއި 220 ކިލޯ މީޓަރާއި ދެމެދުގައި ސައިކަލް ދުއްވައެވެ. އެކްސިޑެންޓްތައްވެ ބޮޑެތި ގެއްލުންތައްވެސް ދަނީ ލިބަމުންނެވެ.