ދިރާގު ރޯޑް ރޭސް މާދަމާ ހުޅުމާލޭގައި...

ކިޔުމަށް ހޭދަވާނީ 1މ 23ސ
ދިރާގު ރޯޑް ރޭސް މާދަމާ ހުޅުމާލޭގައި...


ދިރާގުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ދިރާގު ރޯޑު ރޭސް" ހުޅުމާލޭގައި މާދަމާ ހަވީރު ބާއްވާނެއެވެ.

މިއަހަރުގެ ދުވުމުގައި ބައިވެރިކޮށްފައިވަނީ 3000 މީހުންނެވެ. އަދި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއެކު ގާތްގަޑަކަށް ދެ ދުވަހުގެ ތެރޭގައި އެ ހުރިހާ ޖާގައެއް ވަނީ ފުލްވެފައެވެ.
އެންމެ ގިނަ ދުވުންތެރިންގެ ބައިވެރިވުމާއެކު ދިރާގުން ކޮންމެ އަހަރަކުވެސް މިދުވުން ބާއްވަނީ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޝިޢާރާއެކުގައެވެ.
އެގޮތުން މިއަހަރުގެ ޝިޢާރުގެގޮތުގައިވެސް ހަމަޖައްސާފައިވަނީ ކުޑަކުދިންގެޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމެވެ.

މިއަހަރުގެދުވުމުގައި ރާއްޖޭގައި ކުޑަކުދިންގެޙައްޤުތައް ހިމާޔަތް ކުރުމުގެމަސައްކަތްކުރާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފްޗިލްޑްރެން (އާރކް)، ބިއުޓިފުލް އައިޒްޑައުންސިންޑްރޯމް އެސޯސިއޭޝަން،ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ޗައިލްޑް އެބިއުސްޕްރިވެންޝަން ސޮސައިޓީ، މޯލްޑިވްސްއެސޯސިއޭޝަން އޮފް ފިޒިކަލްޑިސެބިލިޓީސް (އެމްއޭޕީޑީ)، މޯލްޑިވްސް އޯޓިޒަމްއެސޯސިއޭޝަން،މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، ސޮސައިޓީ އޮފް ހެލްތުއެޑިއުކޭޝަން (ޝީ)އަދި ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް ބައިވެރިވެއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް އެންމެ ގިނަދުވުންތެރިން ޚިޔާރުކުރާ 5 ޖަމިއްޔާއަކަށް 200،000 ރުފިޔާދިރާގުން ހަދިޔާކުރާނެއެވެ.

މި ދުވުމުގައި ބައުވެރިވާ ދުވުންތެރިން ހުޅުމާލެއަށް ދިއުމަށް ދިރާގުން ވަނީ ދެ ފެރީއެއް ހަމަޖައްސާ ހިލޭ ދެވޭގޮތަށް ޓިކެޓްދީފައެވެ.

2007 ވަނަ އަހަރުން ފެށިގެން ދިރާގުން ކޮންމެ އަހަރަކުވެސްރާއްޖޭގައިބާއްވަމުން އަންނަ މި ދުވުމުގައި މިއަހަރުވެސް ހިމަނާފައިވަނީ 5ކިލޯމީޓަރާއި 10ކިލޯމީޓަރުގެ ދުވުމެވެ.
މިއީ ބައިނަލްއަޤްވާމީ ގޮތުންއެކްރެޑިޓްކޮށްފައިވާ ދުވުމެކެވެ.
މިއަދު އޮންލައިން