ކުވައިތުގެ އަމީރު ރޯގާޖެހިގެން ހޮސްޕިޓަލަށް ދިއުމުން އެޑްމިޓްކޮށްފި
ކުވައިތުގެ އަމީރު ޝައިޚް ސާދް އަލްޢަބްދުﷲ އަލް ސަބާޙް، އަރިދަފުސް ރޯގާއަށް ފަރުވާ ހޯއްދަވަން ހޮސްޕިޓަލަށް ވަޑައިގަތުމުން އެދްމިޓްކޮށްފިއެވެ. އެމަނިކުފާނުގެ އުމުރުފުޅަކީ 88 އހަރެވެ.
ޝައިޚް ސާދް އަލްޢަބްދުﷲ އަލް ސަބާޙް ކުވައިތުގެ އަމީރަަށްވެވަޑައިގަތީ 2006 ވަނަ އަަހަރުއެވެ.
ކުވައިތަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަމަޖެހުން އޮތް ޤައުމެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ޞުލްޙަވަރިކަމާއިއެކު ހައްލުކުރަން މެދުވެރިއެއްގެ ދައުރު އަދާކުރުމުގައިވެސް ކުވައިތަކީ އެންމެ ފާހހަގަކުރެވޭ ޤައުމެވެ.