އިންޑިއާގެ ޝިމްލާގައި އާމީ ކާނަަލަކު، އޭނާގެ ރަޙްމަތްތެރި ލެފްޓިނަންޓް ކާނަލެއްގެ 21 އަަހަރުގެ އަންހެން ދަރިފުޅު ރޭޕްކޮށްފިއެވެ.
ފުލުހުން ވަނީ ކާނަލު ބަންދުކުރިކަމާއި މައްސަލަ ބަލަމުން ގެންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ބަންދުކުރި ކާނަލުގެ މައުލޫމާތު ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ.
ފުލުހުން ބުނެފައިވަނީ ބަންދުކޮށްފައިވަނީ ސިފައިން ތަމްރީނުކުރުމުގެ މަސައްކަތްކުރާ ކޮމާންޑަރެއް ކަމަށާއި އޭނާއަކީ 56 އަަހރުގެ މީހެއް ކަމަށެވެ.