އުމުރުން 8 އަހަރުގެ އުބައިދަށް ޖިންސީ ގޯނާ ކުރުމަށްފަހު މަރައިލި މީހާ ޔޫއޭއީގައި މިއަދު ދަން ޖައްސައިފިއެވެ.
މިދިއަ އަހަރު ހިނގި މިހާދިސާގައި އެކަންކުރި މީހާ އުބައިދު ގެންދިއައީ އޭނާއަށް ދުއްވާނެ ސައިކަލެއް ގަނެދޭނެ ކަމަށް ބުނެފައެވެ. އެމީހާ އަކީ އުބައިދުގެ ބައްޕަގެ ގަރާޖަށް ކާރެއް ވައްދައި މަރާމާތު ކުރުވަން އެތަނަށް ގޮސް އުޅުމުގައި ރައްޓެއްސަކަށްވެފައިވާ މީހެކެވެ.
ކޯޓުން އޭނާ މަރަން ހުކުމްކުރީ ކުއްޖަކު ވަގަށް ނެގުމާއި ރޭޕްކުރުމާއި މަރައިލުމުގެ ކުށުގައެވެ.