ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާ ނުދިންކަމަށް ބުނެ ކެރަލާގެ 6 ޑޮކްޓަރުންގެ މައްޗަށް ދައުވާކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާ ނުދިންކަމަށް ބުނެ ކެރަލާގެ 6 ޑޮކްޓަރުންގެ މައްޗަށް ދައުވާކުރަނީ
އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާ ނުދިންކަމަށް ބުނެ ކެރަލާގެ 6 ޑޮކްޓަރުންެގެ މައްޗަށް ދައުވާކުރަން ނިންމައި އެކަމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމުގައި އިހްމާލުވިކަމަށް ނިންމާފައިވަނީ ޓްރިވެންޑްރަމާއި ކޮއްލަމްގެ 4 ހޮސްޕިޓަލަކަށް ނިޞްބަތްވާ 6 ޑޮކްޓަރުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި މީހާ 4 ހޮސްޕިޓަލަކަށް ގެންދިއަ ކަމަށާއި އެއްވެސް ހޮސްޕިޓަލަކުން އޭނާއަށް ފަރުވާ ދިނުމަށް އެއްބަސް ނުވީ ކަމަށެވެ. އަދި އެމީހާ މަރުވީ ފަރުވާ ލިބުން ލަސްވެގެން ކަމަށެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ޑޮކްޓަރުންގެ އިހްމާލު އޮތް ވަރެއް މެޑިކަލް ބޯޑުން މިހާރު ބަލަމުން ގެންދާ ކަމަށެވެ. އަދި ދައުވާ ކުރެވޭނެ ގޮތްތައް ހޯދަމުން ގެންދާ ކަމަށެވެ.

މިއަދު އޮންލައިން