ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން މިއަންމާއާއި ބަންގްލަދޭޝް އެއްބަސްވެއްޖެ

ކިޔުމަށް ހޭދަވާނީ 52ސ
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން މިއަންމާއާއި ބަންގްލަދޭޝް އެއްބަސްވެއްޖެ
ބަންގްލަދޭޝްގައި ތިބި ރޮހިންޖާ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ގެންދިއުމަށް މިއަންމާއާއި ބަންގްލަދޭޝް އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް، ބަންގްލަދޭޝްގެ ފަރާތުން އެ ޤައުމުގެ ޚާރިޖީ ވަޒީރު އަބުލް ހަސަން މަހުމޫދު ޢަލީ މިއަންމާއަށް ވަޑައިގެން މިއަންމާގެ ސްޓޭޓް ކައުންސެލާއާ ބައްދަލުކުރައްވާފައިވެއެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ރަކީން ސްޓޭޓުގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ހާސް ރޮހިންޖާ މުސްލިމުން މަރުވެފައިވާއިރު، އަދިވެސް އެ ތަނުގައި ރޮހިންޖާ މުސްލިމުންގެ ސަލާމަތާ މެދު ޔަޤީންކަމެއްނެތް ކަމަށް ރޮހިންޖާ ރެފިއުޖީންނަށް އެހީދޭ އޭޖެންސީތަކުން ބުނެފައިވެއެވެ.

ރަކީން ސްޓޭޓްގައި ހަމަނުޖެހުންތައް ހިނގަން ފެށި ފަހުން، ހަ ލައްކައަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ރެފިއުޖީން ތިބީ ބަންގްލަދޭޝްގައެވެ.
މިއަދު އޮންލައިން