ޔޫރަޕުގެ ބައެއް އަވަށްތަކުގައި ދިރިއުޅޭނެ މީހުން ހޯދަން ފައިސާގެ އިނާމުތައް ހުށަހަޅަމުން އެބަގެންދެއެވެ.
ސްވިޒަރލޭންޑްގެ ކުޑަ އަވަށެއް ކަމަށްވާ އަލްބިނެންގައި ދިރިއުޅެން ޝައުޤުވެރިވާ ކޮންމެ މީހަކަށް 25،000 ސްވިސް ފްރޭން ދިނުމަށް ނިންމައި އެކަން ވަނީ މިހާރު އިއުލާނުކޮށްފައެވެ. ނަމަވެސް އެކަމާއިބެހޭ ޤާނޫނު އަދި ފާހެއް ނުކުރެއެވެ. އަންނަ ހަފްތާގައި ފާސްކުރާނެ ކަމަށް ބެލެވެއެވެ.
މިފައިސާ ދެނީ އެވަށުން 200،000 ފްރޭންކުގެ ގެއެއް ގަތް ނުވަތަ އެއަގުގެ ގެއެއް އެޅުމާއި 10 އަހަރުވަންދެން އަވަށުގައި ދިރިއުޅުން ޝަރުތުކޮށެވެ.
އިޓަލީން ވެސް ވަނީ މިފަދަ ހުށަހެޅުމެއް ހުށަހަޅައިފައެވެ. ބޯމިޑާ އަވަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ކޮންމެ މީހަކަށް 2000 ޔޫރޯ ދިނުމަށް ޝައުޤުވެރިވާކަން ވަނީ ހާމަކޮށްފައެވެ.