ޚަބަރުގައިވާ ވީޑިއޯ އިން ތިއަ ފެނިވަޑައިގަންނަވަނީ ލީބިޔާގެ ބިންގަރާސް ޖަލެއްގައި ބަންދުކޮށްފައިވާ ރިފިޔުޖީންތަކެކެވެ. ޖަލުގެ ކުޑަގޮޅިއަކުން ނުކުމެވުނު ގޮތަކަށް އެ ނުކުންނަނީ ޕާންފޮތްޗެއްގެ ބޭނުމުގައެވެ.
ބަންދުގައި ތިބި މީހުން އާދޭސްކުރަމުން އެގެންދަނީ ޕާން ފޮތްޗަކަށް އެދިއެވެ.
މިވަރުން ވެސް ފުދުނީއެއް ނޫނެވެ. މިހާލުގައި ބެއިތިއްބުމަށްފަހު ބުރަ މަސައްކަތްކުރަން އަޅުންގެ ގޮތުގައި ރިފިޔުޖީން ވިއްކުމުގެ މައްސަލަ މިހާރު ވަނީ ދުނިޔޭގެ ސަމާލުކަމަށް ގެނެވިފައެވެ.
މިކަންކަމާއި ގުޅިގެން ފަރަންސޭސިވިލާތުން މިހާރު ވަނީ އދގެ ސެކިޔުރިޓީ ކައުންސިލަށް މައްސަލަ ވައްދައިފައެވެ.
ގުޅުންހުރި ވީޑިއޯ: