ކޮރަޕްޝަނާ ދެކޮޅަށް ލިޔާ ނޫސްވެރިއެއްގެ ބޮލަށް ސިފައިން ބަޑިޖަހާ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ކޮރަޕްޝަނާ ދެކޮޅަށް ލިޔާ ނޫސްވެރިއެއްގެ ބޮލަށް ސިފައިން ބަޑިޖަހާ މަރާލައިފި
ކޮރަޕްޝަން މައްސަލަތަކާއި ދެކޮޅަށް ބެންގާލީ ބަހުން ބެރޭ ނޫހެއްގައި ލިޔަމުން ގެންދިއަ ޖަރނަލިސްޓޭއްގެ ބޮލަށް ބަޑިޖަހާ މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 52 އަހަރުގެ ސުދިޕްގެ ބޮލަށް ބަޑިޖެހީ ޓްރިޕުރާ ސްޓޭޓް ރައިފަލްސްގެ ކޮންސްޓެބަލް އެކެވެ.

މިކަންކޮށްފައިވަނީ ބެޓޭލިއަންގެ ކޮމާންޑަރުގެ ބޮޑީ ގާޑެކެވެ. މިކަމާއި ގުޅިގެން ކޮމާންޑަރާއި އޭނާގެ ބޮޑީގާޑު ވަނީ ހައްޔަރުކޮށްފައެވެ.

ޢާއިލާއިން ބުނީ މިކަން ކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި ސަރކަލް އޮފިސަރުގެ ކޮޓަރީގައި މިކަން ކުރުމުން އިންޑިއާގެ ހާލަތު މިހާރު ވަރަށް ސާފުކަމަށެވެ.

މިއީ ފާިތުވި 2 މަސް ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި ބަޑިޖަހާ މަރާލެވުނު 2 ވަނަ ނޫސްވެރިޔާއެވެ. މިކަމާއި ގުޅިގެން ގިނަ ބައަކު ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
މިއަދު އޮންލައިން