ލޯބިވެރިޔާ މަރާލުމުގެ ކުށުގައި އޮލިމްޕިކް އެތްލީޓް އޮސްކާ ޕިސްޓޯރަސްއަށް ކުރި ޖަލު ހުކުމްގެ މުއްދަތު އިތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
ލޯބިވެރިޔާ މަރާލުމުގެ ކުށުގައި އޮލިމްޕިކް އެތްލީޓް އޮސްކާ ޕިސްޓޯރަސްއަށް ކުރި ޖަލު ހުކުމްގެ މުއްދަތު އިތުރުކޮށްފި
ދެކުނު އެފްރިކާގެ އޮލިމްޕިކް އެތްލީޓް އޮސްކާ ޕިސްޓޯރަސްގެ ލޯބިވެރިޔާ ރީވާ ސްޓީންކެމްޕްގެ ގަޔަށް ބަޑި ޖަހައި މަރާލުމުގެ ކުށުގައި އޭނާއަށް އެފްރިކާގެ ކޯޓުން އިއްވި ހަ އަހަރުގެ ޖަލު ހުކުމްވަނީ 13 އަހަރަށް ދިގުކުރަން ކޯޓުން ނިންމައިފިއެވެ.

އޮސްކާއަށް ޖަލު ހުކުމް އިއްވައި ހައްޔަރުކުރީ 2015ވަނަ އަހަރުއެވެ.

2013ވަނަ އަހަރުގެ ލޯބިވެރިންގެ (ވެލަންޓައިންސް) ދުވަހުގައި އޮސްކާ، ރީވާ ގަޔަށް ބަޑި ޖެހީ އެއީ ގެޔަށް ވެދެގެން އުޅުނު ވަގެއްކަމަށް ހީކޮށްގެންކަމަށް އޮސްކާ ވަނީ ކުރިން ބުނެފައެވެ.

ބަޑިޖެހިއިރު، އެއީ ރީވާކަމަށް އެއްގޮތަކަށް ވެސް ހީނުކުރާކަމަށް އޭނާ ބުނެފައިވެއެވެ.

2012 ވަނަ އަހަރު، ލަންޑަންގައި ބޭއްޕި އޮލިމްޕިކް ރޭސްތަކުން ދުނިޔެއަށް އެނގެން ފެށި އޮސްކާގެ ކެރިއަރު އޭގެ އަހަރެއް ފަހުން ނިމުމަކަށް އައީ އޭނާ އެއްވެސް ހާލެއްގައި ހީކުރި ގޮތަކަށް ނޫނެވެ.

އޮސްކާއަކީ އޮލިމްޕިކް މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފައި ނެތް ދުވުންތެރިޔާއެވެ.
މިއަދު އޮންލައިން