މިޞުރުގެ މިސްކިތަކަށް ހަމާލާދީ 85 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މިޞުރުގެ މިސްކިތަކަށް ހަމާލާދީ 85 މީހުން މަރާލައިފި
މިޞުރުގެ ސިނާއީގައި ހުރި މިސްކިތަކަށް ބޮމާއި ބަޑިން ދިން ހަމަލާތަކެއްގައި 85 މީހުން މަރުވެ 85 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މިއަދުގެ ހުކުރު ނަމާދަށްފަހު އަލް ރައުދާ ނަމަކަށް ކިޔާ މިސްކިތަށް ދިން މިހަމަލާތަކުގެ މަންޒަރުދުށް މީހުން ބުނީ އެއްބައަކު ބޮންތަކެއް ގޮއްވައިލީ ކަމަށާއި އަނެއް ބައަކު ބަޑިން ހަމަލާދިނީ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމަލާތައް ދިނީ ސިފައިންނަށާއި ސިފައިންނަށް ތާއީދުކުރާ މީހުންނަށް އަމާޒުކޮށްގެންނެވެ. ނަމަވެސް މިސްކިތަކަށް މިފަދަ ހަމަލާތަކެއް ދިނުމުން މަރުވާނީ ނުވަތަ އަނިޔާލިބޭނީ ވަކި ބައަކަށް ނޫނެވެ.

މިޞުރުގެ މިސަރަހައްދުގައި އައިއެސް އިން ދަނީ ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަމަލާތަކެއް ދެމުންނެވެ.

މިއަދު އޮންލައިން