3000 މީހުންނާއެކު ދިރާގު ރޯޑް ރޭސް ކާމިޔާބުކަމާއެކު ބާއްވައިފި.

ކިޔުމަށް ހޭދަވާނީ 1މ 10ސ
3000 މީހުންނާއެކު ދިރާގު ރޯޑް ރޭސް ކާމިޔާބުކަމާއެކު ބާއްވައިފި.
3000 މީހުންނާއެކު ދިރާގު ރޯޑް ރޭސް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ރޭސް ބާއްވާފައިވަނީ ހުޅުމާލޭގައި އިއްޔެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޝިޢާރާއެކު ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މިއަހަރުގެ ދުވުމުގައިވެސް ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމުގެ މަސައްކަތްކުރާ ޖަމިއްޔާތައް ބައިވެރިވިއެވެ.

އޭގެ ތެރޭގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފްޗިލްޑްރެން (އާރކް)، ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)، ޗައިލްޑް އެބިއުސްޕްރިވެންޝަން ސޮސައިޓީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލްޑިސެބިލިޓީސް (އެމްއޭޕީޑީ)، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ) އަދި ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް ވަނީ ބައިވެރިވެފައެވެ.

ހުރިހާ ޢުމުރުފުރާތަކަށްވެސް ހުޅުވާލައިގެން ބާއްވާ މި ދުވުމުގައި ކޮންމެ އަހަރަކުވެސް އެންމެ ގިނަ ދުވުންތެރިން ޚިޔާރުކުރާ 5 ޖަމިއްޔާއަކަށް 200،000 ރުފިޔާ ދިރާގުން ވަނީ ހަދިޔާ ކޮށްފައެވެ.

ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ މި ދުވުމަކީ 2007 ވަނަ އަހަރުން ފެށިގެން ދިރާގުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމެކެވެ. މި ދުވުމުގައި ހިމަނާފައިވަނީ 5 ކިލޯމީޓަރާއި 10ކިލޯމީޓަރުގެ ދުވުމެވެ.
މިއަދު އޮންލައިން