އިއްޔެގެ ހުކުރު ނަމާދު ނިމުނުތަނާ މިޞުރުގެ މިސްކިތަކަށް އައިއެސްގެ ހަނގުރާމަވެރިން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 235 އަށް އަރައިފައެވެ. ބޮޑެތި ޒަޚަމްތައް ލިބުނު މީހުންގެ އަދަދު ވަނީ 109އަށް އަރައިފައެވެ.
މިއީ ފަހުގެ ތާރީޚުގައި މިސްކިތަކަށް ހަމަލާއެއް ދީގެން އެއްފަހަރާ އެންމެ ގިނަ ބައަކު މަރުވެފައިވާ ހާދިސާކަމަށްވުމުން ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
މިޞުރުގެ ރައީސް އަލްސިސީ ވިޑާޅުވީ މިހަމލާދިއުމަށް ދިއަ ަމަގުމަީގައި ސިފައިންގެ 15 މީހަކު މަރާލާފައިވާ ކަމަށެވެ.
އަލްސިސީ ވިދާޅުވީ މިަކްނ ކުރި މީހުންގެ ބަދަލު ހއިްޕަވާނެ ކަމަށާއި ބަދަލު ހިއްޕަވާނީ ހަަމަ އެހައިމެ އަނިޔާވެރިގޮތުގައިކަމަށެވެ. "އެއީ އިއްޔެ ޝަހީދުވި މީހުންގެ ހައްޤުގަ ކުރަންޖެހޭ ކަމެއް."
އަލްސިސީ ވިދާޅުވީ މިސުރުގެ ސައިނާއީ އިން ޑައޭޝް (އައިއެސް) ނައްތައިލުމުގެ އޮޕަރޭޝަން ސިފައިން ފާށާނެ ކަމަށާއި އެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހަނގުރާމައެއްގެ ގޮތުގައި ކަމަށެވެ.