މައިލޯ އިންވިޓޭޝަނަލް ކަޕްގައި ބައިވެރިވި ޤައުމުން ބޭރު ޓީމުތައް ރާއްޖެ އަތުވެއްޖެއެވެ.
މި ޓީމުތައް ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
14 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މައިލޯ އިންވިޓޭޝަނަލް ކަޕްގައި ބައިވެރިވާ ޤައުމުން ބޭރުގެ ޓީމުތައްކަމަށްވާ، ސްރީލަންކާގެ މެންޗެސްޓަރ ޔުނައިޓެޑް އެކަޑެމީގެ ރަތް ޓީމާއި ހުދު ޓީމާއި އިންޑިއާގެ ޓިޕްސް އެފްސީގެ ޓީމެވެ.
މި ޓީމުތަކުގެ ފަރިތަކުރުންތައް މިހާރު ވަނީ ފަށާފައެވެ. ފަރިތަކުުރުންތައް ކުރިއަށްދަނީ މުބާރާތް ބާއްވާ ދަނޑުކަމަށްވާ ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ.
އެފްއޭއެމްގެ އެހީތެރިކާމާއެކު، ކްލަބް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތް ފަށާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7.00 ގައި ހެންވޭރު ދަނޑުގައެވެ.
އެެހެންނަމވެސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ 15.30 ގައެވެ.