ކްރިސްޓިއަން ދީން ކިޔަވަން އެެމެރިކާއަށް ދިއުމުން ފައްޅީގެ އަޅަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކްރިސްޓިއަން ދީން ކިޔަވަން އެެމެރިކާއަށް ދިއުމުން ފައްޅީގެ އަޅަކަށް!
އެންޑރީ އޮލިވެރާ ނިޞްބަތްވަނީ ބްރެޒިލަށެވެ. އެމެރިކާގެ ނޯތް ކެރޮލީނާއަށް ދިއައީ ކްރިސްޓިއަން ދީން ކިޔަވަން ފައްޅިއަކުން ލިބުނު ދައުވަތަކަށެވެ.

ފައްޅިއަށް ދެވުމާއިއެކު އޭނާގެ އަތުގައި ހުރި ފައިސާކޅާއި ޕާސްޕޯޓް "ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަށް" ފައްޅިއަށް އަތުލިއެވެ. އެއަށްފަހު އޭނާއަށް ޖެހެނީ ކޮންމެ ދުވަހަކު އެއްވެސް އުޖޫރައެއް ނުލިބޭ ގޮތަށް ސަލީބަށްޓަކައި ކޮންމެ ދުވަހަކު 15 ގަޑިއިރު ފައްޅި އާއި ފައްޅީގެ ގުދަން ފަދަ ތަންތަން ސާފުކުރުމާއި ދެންވެސް ޖެހޭހައި މަސައްކަތެއް ކުރާށެވެ.

އޮލިވެރާ ބުނީ މިއީ ދެ ޤައުމުގެ ފައްޅިތައް ގުޅިގެން ހިންގާ އަޅުވެތިކުރުމުގެ މަސައްކަތެއް ކަމަށެވެ. "އަހަރެމެންނަކީ އެއްވެސް އަގެއް ނެތް ކަމަށް ދެކެނީ. އެހެންވެ ހިލޭ ސާބަހަށް ބޭނުންހައި ވަރަކަށް މަސައްކަތްކުރުވަން އަހަރެމެން ގެންނަނީ. މައްސަލައަކީ އޮޅުވާލައިގެން ދީން ކިޔަވައިދިނުމުގެ ނަމުގަ ގެންނާތީ. ތަންތަން ފޮޅާ ސާފުކޮށް އަދި ކައްކައި އެއްޗެތި ދޮންނަން އަހަރެމެންނަށް އެންމެ ކުޑައިރުންސުރެ އެނގޭ."

އެެމެރިކާގެ ޤާނޫނުގައިވެސް މިފަދަ ކަންކަމަކީ ހުއްދަ ކަންކަމެއް ނޫނެވެ. ސްޓޫޑަންޓް ވިސާގައި ގެނެސް ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަކީ މަނާ ކަމެކެވެ. ދަރިވަރުންނަށް މަސައްކަތްކުރެވޭނީ ކިޔަވަމުން، އެކަމަށް ޚާއްޞަ ވަގުތުތަކުގައި އެކަންޏެވެ.

މިއަދު އޮންލައިން