އިސްލާމްވުމުން ގަދަކަމުން ހިންދޫކުރުވަން އުޅޭ ހާދިޔާ ފުލުހުންގެ ވަރުގަދަ އެސްކޯޓާއެކު އެއާޕޯޓަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އިސްލާމްވުމުން ގަދަކަމުން ހިންދޫކުރުވަން އުޅޭ ހާދިޔާ ފުލުހުންގެ ވަރުގަދަ އެސްކޯޓާއެކު އެއާޕޯޓަށް!
މިދިއަ އަަހަރު އިސްލާމްވެ މުސްލިމް ފިރިހެނަކާއި ކައިވެނިކުރުމުން ގަދަކަމުން ހިންދޫއަކަށް ހަދަން މަސައްކަތްކުރަމުން ގެންދާ ހާދިޔާ 16 ފުލުހުންގެ އެސްކޯޓަކާއިއެކު އެއާޕޯޓަށް ހިނގައްޖެއެވެ.

ކެރަލާ ސްޕްރީމް ކޯޓުން އޭނާގެ ކައިވެނި ރޫޅާލައި މައިން ބަފައިންނާއިއެކު ދިރިއުޅެން އެންގުމުން ކޮޓަޔަމްގައި ހާދިޔާ މިހާރު ދިރިއުލެމުން ގެންދަނީ އޭނާގެ މައިން ބަފައިންގެ ގާތުގައެވެ. އެއާ ޕޯޓަށް ދުވަހު ދިއްލީ ސްޕްރީމް ކޯޓަށް ހާޒިރުވުމަށެވެ.

އުމުރުން 25 އަަހަރުގެ ހާދިޔާ އާއި 26 އަހަރުގެ ޝަފިން ކައިވެނިކުރީ މިދިއަ އަހަރުއެވެ. ސްޕްރީމް ކޯޓުން ބުނަނީ މި މައްސަލައަށް ގޮތެއް ނިންމުމުގައި ސީދާ ހާދިޔާގެ ބަސް ކޯޓަށް ބޭނުންވާ ކަމަށެވެ.

ހާދިޔާގެ އާއިލާއިން ބުނަނީ އޭނާ ގަދަކަމުން އިސްލާމް ކުރުވައިގެން ކައިވެނި ކުރީ ކަމަށެވެ.

އިންޑިއާގެ ގިނަ ބައަކު ޚާއްޞަކޮށް ދެކުނު އިންޑިއާގެ ގިނަ ބައަކު އިސްލާމްވަމުން ދާތީ ސަރުކާރުން ގެންދަނީ ބޮދެތި ދަތިތައް ކުރިމަތިކުރުވަމުންނެވެ.

މިއަދު އޮންލައިން