"ވިޝްކާ" ގެ ޓިކެޓު އޮލިމްޕަހުން ވިއްކަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
"ވިޝްކާ" ގެ ޓިކެޓު އޮލިމްޕަހުން ވިއްކަން ފަށައިފި
ދިވެހި ފިލްމު އިންޑަސްޓްރީ އިން މިއަހަރުވެސް ކާމިޔާބު އެތައް ފިލްމުތަކެއް އުފައްދާފައިވާއިރު، އޭގެ ތެރެއިން އެއް ފިލްމަކީ ޔާރާ ޕްރޮޑަކްޝަންސް އިން އުފެއްދި ފިލްމު "ވިޝްކާ" އެވެ.

މިއަހަރުގެ މާރޗް މަހުގެ އަށް ވަނަ ދުވަހު ޝްވެކް ސިނަމާގައި މިފިލްމު އަޅުވާފައިވާއިރު، އަލުން ފިލްމު ބަލާލަން އެޅުވުމަށް ގިނަ ބަޔަކުވަނީ އެދިފައެވެ. އަދި ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ވެސް ގިނަ ބަޔަކު ވަނީ އެދިފައެވެ.

ގިނަ ބައެއްގެ މިއެދުން ފުރިހިމަ ކޮށްދިނުމަށްޓަކައި "ވިޝްކާ" އޮލިމްޕަސް ސްކްރީނުގައި މިމަހުގެ 30 ވަނަ ދުވަހު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. މުޅިއަކު ތިން ޝޯވ އެޅުވުމަށް ހަމަޖެހިފައިވާއިރު، މިޝޯތަކަށް ޓިކެޓު ވިއްކުން މިއަދުން ފެށިގެން އޮލިމްޕަހުގައި ކުރިއަށް އެބަދެއެވެ.

ދިވެހި ފިލްމު "ވިޝްކާ" އަކީ ކުޅަދާނަ އެކްޓަރ/ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އައިޝަތު ރިޝްމީ އުފައްދާފައިވާ، އަދި އެފަދަ ދެވަނައެއް ނުވާ އެކްޓަރ/ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ރަވީ ފާރޫޤް ޑައިރެކްޓު ކޮށްދީފައިވާ ފިލްމެކެވެ. މިފިލްމަކީ ޕޮލިޓިކަލީ ޗާރޖްޑް ކްރައިމް ޑްރާމާ ފިލްމަކަށް ވުމުގެ އިތުރުން މިފިލްމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ރޭޓެޑް އާރް ޕްލަސް ފިލްމެވެ.

"ވިޝްކާ" ގެ ލީޑް ރޯލުން ފެނިގެންދަނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫޤް ގެ އިތުުރުން އަޙުމަދު ސައީދު އެވެ.
މިއަދު އޮންލައިން