ލޯބީގެ ޖިހާދު: "އަހަރެން އިސްލާމްވީ މަޖޫބޫރަކުން ނޫން- ބޭނުމީ ފިރިމީހާ އާއެކު ދިރިއުޅެން" ހާދިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ލޯބީގެ ޖިހާދު: "އަހަރެން އިސްލާމްވީ މަޖޫބޫރަކުން ނޫން- ބޭނުމީ ފިރިމީހާ އާއެކު ދިރިއުޅެން" ހާދިޔާ
"އަހަރެން އިސްލާމްވީ މަޖޫބޫރަކުން ނޫން- ބޭނުމީ ފިރިމީހާ އާއެކު ދިރިއުޅެން" ކަމަށް އިސްލާމް ވުމުން ގަދަކަމުން ހިންދުކުރުވަން އުޅޭ ހާދިޔާ ބުނެފިއެވެ.

ހާދިޔާ މިމޭރުމުން ބުނީ ހޯމަ ދުވަހު ދިއްލީ ސްޕްރީމް ކޯޓަށް ޙާޒިރުވުމަށްޓަކައި ކޮޗިން އެއާޕޯޓަށް މިއަދު ދިއުމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.

މިމައްސަލައިގައި ހާދިޔާގެ ފުރާނައަށް ނުރައްކައުވެފައިވުމުން ހާދިޔާ އެއާޕޯޓަށް ގެންދިއައީ 16 ފުލުހުންގެ ހިމާޔަތުގައެވެ. ހާދިޔާގެ މައިން ބަފަން ވެސް ގެންދަން ޖެހޭތީ 4 ވެހިކަލެއް ފުލުހުން ބޭނުންކުރިއެވެ.

ހައްދުފަހަނަަޅާފައި ތިބި ހިންދޫން މިހާރު ހާދިޔާއަށް ބަލަމުން ގެންދަނީ "ބުޅާ މަސްގަނޑަށް" ބަލާ އުޞޫލުންނެވެ.

ހާދިޔާގެ މައިން ބަފައިން އޭނާ ގޭގައި ބަންދުކޮށްގެން ހިފަހައްޓަމުން ގެންދާތާ އަހަރުވީއެވެ. ހާދިޔާ ބުނަމުން ދަނީ އޭނާ އިސްލާމްވީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި މިހާރުވެސް ލިޔެފައިވަނީ ހާދިޔާއަކީ ލޯބީގެ ވަރުގަދަ ޖިހާދެއް ކުރަމުން ގެންދާ ޒުވާން އަންހެން ކުއްޖެކެވެ. ޖިހާދުގެ ނަތީޖާ ބިނާވެފައިވަނީ ސްޕްރީމް ކޯޓުން ކުރާނެ ޙުކުމުގެ މައްޗަށެވެ.

ކެރަލާގެ ސްޕްރީމް ކޯޓުން ހާދިޔާގެ ކައިވެނި ރޫޅައިލީ ވެސް އޭނާ އިސްލާމްވީ އަމިއްލައަށް ކަމަށާއި ބޭނުންވަނީ ފިރިމީހާ އާއިއެކު ދިރިއުޅުމަށް ކަމަށް ބުނަމުން ދަނިކޮށް އޭނާގެ ބައްޕަގެ ބަހަށެވެ. ބައްޕަ ބުނަނީ ދަރިފޫޅޫ އިސްލާމް ކުރުވީ ގަދަކަމުން ކަމަށެވެ.

މިކަމާއި ގުޅިގެން މިއަހަރުގެ އޮގަސްޓް މަހު އެތައް ސަތޭކަ އަންހެނުން ވަނީ ހާދިޔާ އަށް ތާއީދުކޮށް މުޒާހަރާވެސް ކޮށްފައެވެ. އަންހެނުން އަޅުވެތި ނުކުރުމަށް ގޮވާލައެވެ.
މިއަދު އޮންލައިން