އިޒްރޭލަށް ޖާސޫސުކޮށްދީ ނުރައްކާތެރި ޖަރީމާތައް ހިންގަން ރާވަމުންދިއަ ލެބަނަންގެ މަޝްހޫރު ކޮމީޑިއަނެއް ހައްޔަރުކޮށްފިއެވެ.
ލެބަނަންއަށް ދިއަތަނާ ބެއިރޫތު އެއާޕޯޓުން ހައްޔަރުކުރި ޒިއާދު އަހްމަދު އިތާނީއަކީ މަޝްހޫރު ކޮމީޑިއަނެއްގެ އިތުރުން ފިލްމުތައްވެސް އުފައްދާ ޕްރޮޑިޔުސަރ ޑިރެކްޓަރެކެވެ.
އޭނާ ވަނީ އިޒްރޭލާއި ގުޅިގެން ލެބަނަންގެ ހޯމް މިނިސްޓަރާއި ކުރީގެ މިނިސްޓަރަކު އަވަހާރަކޮށްލަން ރާވާފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ ލެބަނަންގެ އެތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު އިޒްރޭލަށް ފޯރުކޮށްދިނުމަށާއި އިޒްރޭލުން ހިންގަން ބޭނުންވާ ހަރަކާތްތައް ލެބަނަންގައި ހިންގުމަށް އެހީތެރިވެދޭން މީނާ އެއްބަސްވެފައިވާކަމަށް މިހާރު އިއުތިރާފްވެފައިވާ ކަމަށެވެ.