ޖިންސް ބަދަލުކުރާ މީހުންނަށް ޕާކިސްތާން ޔުނިވަރސިޓީއަކުން ހިލޭ ކިޔަވައިދެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޖިންސް ބަދަލުކުރާ މީހުންނަށް ޕާކިސްތާން ޔުނިވަރސިޓީއަކުން ހިލޭ ކިޔަވައިދެނީ
ޖިންސް ބަދަލުކުރާ މީހުންގެ އާބާދީއަށް އަމާޒުކޮށްގެން ޕާކިސްތާނުގެ ޔުނިވަރސިޓީއަކުން ހިލޭ ކިޔަވައިދޭން ފަށައިފިއެވެ.

ޕާކިސްތާނުގެ މަޝްހޫރުު ޔުނިވަރސިޓީއެއް ކަމަށްވާ އަލާމާ އިޤްބާލް އޯޕަން ޔުނިވަރސިޓީގެ ޗާންސެލަރ ބުނެފައިވަނީ ކޯސްތަކުގައި ހިލޭ ކިޔަވައިދޭން ނިންމީ އެމީހުންނަކީވެސް ތައުލީމީ ބައަކަށް ހެދުމަށް ކަމަށެވެ. އެމީހުންގެ ޤަދަރު ހިފަހައްޓާނެ ކަމަށްވެސް އޭނާ ބުނެފައިވެވެއެވެ.

ޖިންސް ބަދަލުކުރާ މީހުން ބަލައިގަންނަން ޕާކިސްތާނުން ފެށީ 2009 ވަނަ އަހަރުއެވެ. މިއަހަރު ވަނީ އެމީހުންނަށް ޚާއްޞަ ދަފްތަރެއްވެސް ހަދާފައެވެ.

ޕާކިސްތާނަކީ އިސްލާމީ ދައުލަތެކެވެ. ޖިންސް ބަދަލުކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ.
މިއަދު އޮންލައިން