މިޞުރަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާތެރިކަމުން އެ ޤައުމު ސަލާމަތްކުރަން އެ ޤައުމުން ކުރާ މަސައްކަތްތަކަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ަރައީސް ޒީ ޖިންޕިން މިމޭރުމުން ވިދާޅުވެފައިވަނީ މިޞުރުގެ މިސްކިތަކަށް އިއްޔެ ދިން ޓެރަރިސްޓް ހަމަލާގައި 305 ރައްޔިތުން މަރުވުމާއި ގުޅިގެން މިޞުރުގެ ރައީސް އަލްސިސީ އަށް ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައެވެ.
ރައީސް ޒީ ވިދާޅުވީ ޓެރަރިޒަމުގެ އެއްވެސް އަމަލަކަށް ޗައިނާ އިން ތާއީދު ނުކުރާނެ ކަމަށެވެ. އަބަދުވެސް ޗައިނާއިން ޓެރަރިޒަމް ކުށްވެރިކުރާނެ ކަމަށެވެ.