މައިލޯ އިންވިޓޭޝަނަލް ކަޕް މިއަދު ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 44ސ
މައިލޯ އިންވިޓޭޝަނަލް ކަޕް މިއަދު ފަށައިފި
މައިލޯ އިންވިޓޭޝަނަލް ކަޕް މިއަދު ހެނދުނު ފަށައިފިއެވެ.

14 އަހަރުންދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި މިއަދު ހެނދުނުގެ ދަންފަޅީގައި 6 މެޗު އަދި ހަވީރުގެ ދަންފަޅީގައި 3 މެޗު ކުޅުމަށް ވަނީ ނިންމާފައެވެ.

މިއަދު ހެނދުނު މުބާރާތުގެ ކުޅުން ފެށިނަމަވެސް، ރަސްމީކޮށް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:30ގައެވެ.

މި މުބާރާތުގައި ރާއްޖެއިން ބޭރުގެ 3 ޓީމެއްވެސް ވާދަކުރެއެވެ. އެއީ ސްރީލަންކާގެ މެންޗެސްޓަރ ޔުނައިޓެޑް އެކަޑެމީގެ ރަތް ޓީމާއި ހުދު ޓީމާއި އިންޑިއާގެ ޓިޕްސް އެފްސީގެ ޓީމެވެ. ދެން ވާދަކުރަނީ ރާއްޖޭގެ އީގަލްސް ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކަރ މޭޓްސް، މޯލްޑިވްސް ސޮކަރ ވެޓެރަންސް އެސޯސިއޭޝަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ، އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)، ބީޖީ ސްޕޯޓްސް އެކަޑަމީ، ހުޅުމާލޭ ސްޕޯޓްސް ސްކޫލަށް ނިސްބަތްވާ ޓީމުތަކެވެ.

10 ޓީމަކުން ވާދަ ކުރާ މި މުބާރާތް މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. މުބާރާތް ކުޅޭނީ ހެންވޭރު ބޯޅަ ދަނޑުގައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ބާއްވާ އިރު، ސެމީފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ގްރޫޕް އޭ ގައި ސްރީލަންކާގެ މެންޗެސްޓަރ ޔުނައިޓެޑްގެ ރެޑް ޓީމާއި ބީޖީ ސްޕޯޓްސް އެކަޑަމީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ، ކްލަބް އީގަލްސްގެ އެކަޑަމީ އަދި މޯލްޑިވްސް ސޮކަރ މޭޓްސް ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ސްރީލަންކާގެ މެންޗެސްޓަރ ޔުނައިޓެޑްގެ ވައިޓް ޓީމާއި އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)، ހުޅުމާލޭ ސްޕޯޓްސް ސްކޫލް، މޯލްޑިވްސް ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އަދި ޓިޕްސް އެފްސީގެ ޓީމެވެ.
މިއަދު އޮންލައިން