ޗައިނާގެ ޒީޖިއާން ސަރަހައްދުގައި ހުރި ފެކްޓްރީއެއް ގޮވައި ފެކްޓްރީގެ އާއި ވަށައިގެންހުރި ގިނަ އިމާރާތްތަކެއް ވެއްޓިއްޖެއެވެ.
ރޭ ދަންވަރު ޗައިނާ ގަޑިން އެކެއް ޖަހައި އެހައިކަންހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ އަނިޔާވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ ވެއްޓުނު އިމާރާތްތަކަކީ ބައުވުމުގެ ސަބަބުން ތަލާލަން ފާހަގަކޮށްފައިހުރި އިމާރާތްތަކެއް ކަމަށެވެ. ވެއްޓުނު އިމާރާތްތަކުގެ ތެރެއިން ބައެއް އިމާރާތްތަކުގައި މީހުން ދިރިއުޅޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.