ތުރުކީ މީހަކު ގެންގުޅޭ ގުރާ ގޮވައިގެން އުމުރާއަށް ދާން ތައްޔާރުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތުރުކީ މީހަކު ގެންގުޅޭ ގުރާ ގޮވައިގެން އުމުރާއަށް ދާން ތައްޔާރުވަނީ
ޢާންމު ގޮތެއްގައި މީހުން އުމުރާއަށް ގޮސް އުޅެނީ ޢާއިލާގެ މީހުން ނުވަތަ ގާތް މީހުންނާއިއެކުގައެވެ. ނަމަވެސް ތުރުކީގެ ރައްޔިތެއް ކަމަށްވާ ޤުއްދީސީ އިސީ ފެށޭ ނޮވެމްބަރު މަހު އުމުރާއަށް ދިއުމަށް ތައްޔާރުވަމުން ދަނީ އޭނާ ގެންގުޅޭ ގުރާ ގޮވައިގެންނެވެ.

ޤުއްދޫސީ ބުނީ ގުރާ އާއި ނުލައި އެއްވެސް ތަނަކަށް އޭނާއަށް ނުދެވޭނެ ކަމަށެވެ. ހިނގައްޖެނަމަ އެއެތި މަރުވާނެ ކަމަށެވެ.

"އަހަރެންނަކީ ތަފާތު ބާވަތްތަކުގެ ނަޓް ވިއްކާ ފިހާރައެއް ހިންގާ މީހެއް. ބައެއް ފަހަރު ގުރާ ފިހާރައިގަ ބައިންދައިފަ ބަންދުވެސް ކުރަން. އެކަމަކު ހަމަ އެންމެ ފުކެއްވެސް ނުކާނެ. އަހަރެން އައިސް ދިނީމަ ކާނީ."

ޤުއްދޫސީ ބުނީ ގުރާ "ޕާޝާ" ވަނީ އޭނަ އާއި ވަރަށް ބޮޑަށް އޮޅުވެފައި ކަމަށެވެ. އެނާ ނުފެނިއްޖެނަމަ ޕާޝާއަށް ވެދާނެ ގޮތް ބުނަންވެސް ނުއެނގޭ ކަމަށެވެ. އެހެންކަމުން ޕާޝާ އާއި ވަކިން އެއްވެސް ތަނަކަށް އޭނާ ނުދާނެ ކަމަށެވެ.

ޤުއްދޫސީ ބުނީ ޕާޝާ ގޮވައިގެން އުމުރާއަށް ދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް މިހާރު ތައްޔާރުކުރަމުން ގެންދާ ކަމަށެވެ.
މިއަދު އޮންލައިން