މައިލޯ އިންވިޓޭޝަނަލް ކަޕްގައި މިއަދު ހަވީރު ދަންފަޅީގައި ކުޅެން ހަމަޖެހިފައިވާ ތިން މެޗު ވެސް ކުޅެ ނިމިއްޖެއެވެ.
ހަވީރު ދަންފަޅީގައި، އެންމެ ފުރަތަމަ ބައްދަލުކުރީ ގްރޫޕް ބީގެ އިންޑިއާގެ ޓިޕްސް އެފްސީއާއި ސްރީލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކެޑެމީގެ ހުދު ޓީމެވެ. މި މެޗުން މެންޗެސްޓާ ހުދު ޓީމު ބަލިކޮށް ޓިޕްސް އެފްސީ މޮޅުވީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕްއޭގެމޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އާއި، ކްލަބް އީގަލްސް ސްޕޯޓްގެ އެކެޑެމީއެވެ. މި މެޗު ނިމުނީ 0-1 ގެ ނަތީޖާއިން އެމްެއެސްއެމް މޮޅުވެގެންނެވެ.
ހަންވީރު ދަންފަޅީގައި މިއަދުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ އާލީ ތަޗް ފުޓްބޯލް އެކެޑެމީ (އީޓީއެފްއޭ) އާއި ހުޅުމާލެ ސްޕޯޓްސް ސްކޫލެވެ. މި މެޗު ހުޅުމާލެ ސްކޫލް 0-1 ން ބަލިކޮށް މޮޅުވީ އީޓީއެފްއޭއެވެ.
މިއަދު ކުޅުނު މެޗުތައް ނިމުނުއިރު ގްރޫޕް އޭގެ ތާވަލް
1. މޯލްޑިވްސް ސޮކާ މޭޓްސް 6
2. މާޒިޔާ ސްޕޯޓްސް އެކެޑެމީ 2
3. މެންޔޫ އެކެޑެމީ ރަތް ޓީމު 1
4. ކްލަބް އީގަލް އެކެޑެމީ 1
ގްރޫޕް ބީގެ ތާވަލް
1 އެސްވީއޭއެމް 6
2 ޓިޕްސް އެފްސީ 3
3 ހުޅުމާލެ ސްޕޯޓްސް ސްކޫލް 3
4 އީޓީއެފްއޭ 3
5 މެންޔޫ އެކެޑެމީ ހުދު ޓީމު 0
ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދަ ދެ ޓީމެއް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މި މުބާރާތުގެ މެޗުތައް މި މަހުގެ 28ވަނަ ދުވަހާ ހަމައަށް ހެންވޭރު ދަނޑުގައި ކުރިއަށްދާނެއެވެ. އެ ގޮތުން މާދަމާ ވަނީ ހެނދުނުގެ ދަންފަޅީގައި 5 މެޗު އަދި ހަވީރުގެ ދަންފަޅީގައި 4 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައެވެ.
މިއީ، ކްލަބް މޯލްޑިވްސްއާއި ހުޅުމާލެ ސްޕޯޓްސް ސްކޫލް ގުޅިގެން ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އެހީތެރިކަމާއެކު، 14 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ފުޓުބޯޅަ މުބާރާތެކެވެ.