އޫރިދޫ ދިވެހި ޕްރެމިއާ ލީގުގައި މި އަހަރުގައި ވެސް ލީގުގެ ދެވަނައިގައި އޮވެ ޓީސީ ލީގު ނިންމާލިއިރު، ގްރީން ސްޓްރީޓަށް ގަދަ ހަތަރެއްގެ ޖާގަ ގެއްލިއްޖއެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި މި ދެ ޓީމުގެ ކުރިމަތިލުން ނިމުނީ ފަހަތުން އަރާ 1-4 ގެ ނަތީޖާއިން ޓީސީ މޮޅުވެގެންނެވެ.
މެޗުގެ 14ވަނަ މިނެޓުގައި ގްރީންގެ އަހުމަދު ހަސަން ލަނޑެއް ޖަހައި، ލީޑު ނެގި ނަމަވެސް މެޗުގެ 31ވަނަ މިނެޓުގައި ޓީސީގެ ނަޝާހް އަހުމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ.
ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ޓީސީއަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދިނީ މެޗުގެ 49ވަނަ މިނެޓުގައި އެ ޓީމުގެ ސްޓެވާޓު ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ 58ވަނަ މިނެޓުގައި އަހުމަދު ނަޝާހްގެ ދެވަނަ ލަނޑުން ޓީސީއަށް އިތުރަށް ލީޑު ފުޅާކޮށްދިނެވެ.
ޓީސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 69ވަނަ މިނެޓުގައި މުހައްމަދު އަޖުފާންއެވެ.
މި ނަތީޖާއާއެކު ޓީސީ ވަނީ 32 ޕޮއިންޓާއެކު ލީގު ތާވަލްގެ ދެވަނަ ކަށަވަރުކޮށްފައެވެ. ޓީސީ ވަނީ މިދިޔަ ދެ އަހަރުގެ ލީގުގައި ވެސް ތާވަލުން ދެވަނަ ހޯދައިފައެވެ.
މި މެޗުން ބަލިވި ގްރީނަށް ކަށަވަރުވީ 16 ޕޮއިންޓާއެކު ލީގު ތާވަލްގެ ފަސްވަނައެވެ. 18 ޕޮއިންޓާއެކު ލީގު ތާވަލްގެ ހަތަރުވަނަ ކަށަވަރުކޮށް ތިނަދޫ ވަނީ ޕްރެސިޑެންޓް ކަޕްގެ ޖާގައެއް ލިބިފައެވެ.
އޫރިދޫ ދިވެހި ޕްރެމިއާ ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާއެވެ. މި މެޗު މިރޭ 21.00 އެއްގައި ވަނީ ފަށައިފައެވެ.