ބާލީގެ އަލިޟާން ފަރުބަދަ ގޮވާފާނުކަމުގެ ބިރަށް ފަތުރުވެރި ބައެއް ސަރަހައްދުތަކާ އެއާޕޯޓް ބަންދުކޮށްފި
ދުން އަރަމުންދާ ބާލީގެ އަލިފާން ފަރުބަދަ ގޮވާފާނެކަމުގެ ބިރު އިންތިހާއަށް ދިއުމުން ފަތުރުވެރިންނަށް ޚާއްޞަ ބައެއް ަމންޒިލުތަކާއި މައި އެއާޕޯޓް ބަންދުކޮށްފިއެވެ.
"މައުންޓް އަގުން" ފަރުބަދަ އާއި ވަަރަށް ގާތުގައިވެސް މީހުން ދިރިއުޅޭތީ އެމީހުން ސަލާމަތް ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ސރުކާރުން މިހާރުވަނީ ފަރުބަދަކައިރިން 6 މޭލުގެ ސަރަހައްދަކީ ސަލާމަތް ސަރަހައްދެްއގެ ގޮތުގައި ކަނޑައަޅައިފައެވެ.
ބާލީގެ މައި އެއާޕޯޓް ވެސް މިހާރުވަނީ ބަންދުކޮށްފައެވެ. 2000 ފަތުރުވެރިން ތާށިވެފައިތިބިއިރު އެއިގެ ތެރޭގައި ގިނައީ އޮސްޓްރޭލިއާގެ ފަތުރުވެރިންނެވެ.
މިފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1963 ވަނަ އަަހރުއެވެ. އެކާރިސާގައި 1600 އަށްބުރެ ގިނަ މީހުން މަރުވިއެވެ.